ބްރިޖުން ފީ ނެގުމުގެ ވިސްނުމެއް ނެތް!

ކިޔުމަށް ހޭދަވާނީ 58ސ
ބްރިޖުން ފީ ނެގުމުގެ ވިސްނުމެއް ނެތް!

ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނަގަން މިސަރުކާރުން ނުވިސްނާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

އެމިނިސްޓްރީން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޙުސެއިން ނަޒީރު ވިދާޅުވީ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނަގަން ސަރުކާރުން ނުވިސްނާ ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ ފީއެއް ނުނެގުން. މިހާރު ވިސްނާފަ އޮތީ އެހެން" ނަޒީރު ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ފަހުކޮޅު ޓްރާންސްޕޯޓް މިނިސްޓްރީޏް ބުނީ ބްރިޖުން ފީ ނެގުމާއިމެދު ވަކި ގޮތެއް ނިންމާފައިނުވާ ކަމަށާއި އެކަމުގެ މަޝްވަރާތައް ކުރެވެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ވަނީ ބްރިޖުގައި ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން ފީ ނަގާނެ ނިޒާމެއް ގާއިމް ކުރަން 56 މިލިއަން ރުފިޔާވެސް އެސަރުކާރުން މިއަހަރުގެ ބަޖެޓުގައި ހިމެނިއެވެ. ނަމަވެސް ވެރިކަން ބަދަލުވުމުން އެއިރުގެ ސަރުކާރުން އެކަމާމެދު ގޮތެއް ނިންމުން ދޫކޮށްލީ މިސަރުކާރަށެވެ.






މިއަދު އޮންލައިން