ބީއެމްއެލް އިސްލާމިކްގެ އާ ހެޑްކުއާރޓަރސް ހުޅުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ބީއެމްއެލް އިސްލާމިކްގެ އާ ހެޑްކުއާރޓަރސް ހުޅުވައިފި

ކަސްޓަމަރުންގެ ލުއިފަސޭހަޔަށް ބޭންކް އޮފް މޯލްޑިވްސް އިން އިސްލާމިކް ބޭންކިންގ އަށް ހާއްސަ ކޮށް އާ ހެޑްކުއާރޓަރސް ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ. ޒޮނޭރިއާ ގައި ހުޅުވައިފިއެވެ. 

ބީއެމްއެލް އިސްލާމިކް އަށް އިތުރުވަމުންދާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުވުނު މި ޒަމާނީ ހެޑްކުއާރޓަރސް ހުޅުވާދެއްވީ މިކަމަށް ހާއްސަ ކުރެވިގެން ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފިނޭންސް އެން ޓްރެޒަރީ އިބްރާހިމް އަމީރު އެވެ.

ހުޅުވިގެންދިއަ އާ ހެޑްކުއާރޓާސް އިން ކައުންޓަރު މެދުވެރިކޮށް ފައިސާ ގެ މުއާމަލާތުގެ ޚިދުމަތުގެ އިތުރުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެކި އެކި ޚިދުމަތް ފޯރުކޮށްދިވިގެންދާނެއެވެ. މި އިމާރާތުގައި ގާއިމް ކުރެވިފައިވާ ކަސްޓަމަރ އެޑްވައިސް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ޝަރީޢާ އާއި އެއްގޮތްވާ ގޮތުގެ މަތިން މައޫލޫމާތު ފޯރުކޮށްދެވިގެންދާނެެއެވެ. މިއާއެކު، 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ " ރާއްޖޭގައި އެންމެ ފުޅާދާއިރާ އަކަށް އިސްލާމިކް ބޭނކިންގ ޚިދުމަތް ފޯރުކޮށްދޭ ބޭންކުގެ ހައިސިއްޔަތުން، ކަސްޓަމަރުންގެ ބޭންކިންގ ބޭނުންތަށް ދަނެގަނެ އެހީތެރިކަން ފޯރުކޮށްދެވޭކަމީ ލިބިގެންދިޔަ ކުރިއެރުމެއް" ކަމަށެވެ.

ބީއެމްއެލްގެ ކޮންވެންޝަނަލް އިން ދޭ ކޮންމެ ޚިދުމަތެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިގެންދާނެއެވެ. ބީއެމްއެލް އިސްލާމިކް ގެ ޚިދުމަތް ފަރުމާކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ މައްޗަށް ބިނާކުރެވިގެންނެވެ. ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ފައިސާ ބެލެހެއްޓެނީ މުޅިން ވަކީންނެވެ. އަދި މި ފައިސާ ބޭނުންކުރެވޭނީ ޝަރީޢާ ހުއްދަ ބޭނުންތަކަށެވެ. މި ހުރިހާ ކަންތައް ބަލަމުންދަނީ ބައިނަލް އަޤްވާމީ މާހިރުން ހިމެނޭ ބޭންކުގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީންނެވެ.

 

 

މިއަދު އޮންލައިން