ފަތިސް ނަމާދަށް ދަރިފުޅު މިސްކިތަށް ގެންދިއަ މަންމައަކަށް ޝައިޚް ނިޝާންގެ ތަޢްރީފް- "ތިއައީ އެންމެ ހެޔޮކަން ބޮޑު އަންހެނަކީ!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ފަތިސް ނަމާދަށް ދަރިފުޅު މިސްކިތަށް ގެންދިއަ މަންމައަކަށް ޝައިޚް ނިޝާންގެ ތަޢްރީފް- "ތިއައީ އެންމެ ހެޔޮކަން ބޮޑު އަންހެނަކީ!"

ޢުމުރުން ނުވައެއް، ދިހައެއް ވަރަކަށް އަހަރުގެ ކުޑަކުއްޖަކު ގޮވައިގެން އެކުއްޖާގެ މަންމަ މިސްކިތަށް ގޮސް އެކުއްޖާ ފަތިސް ނަމާދުގެ ޖަމާޢަތަށް މިސްކިތަށް އެރުވުމަށް ފަހު އެނބުރި ދިއަ މަންޒަރަކީ ވަރަށް އުފާވެރި މަންޒަރެއް ކަމަށް ވިދާޅުވެ އެ ކުއްޖާގެ މަންމައަށް ޝައިޚް އާދަމް ނިޝާން ތަޢްރީފް ކުރައްވައިފިއެވެ.

الحمد لله... މިރޭ ފަތިސް ނަމާދަށް ދިޔައިރު ފެނުނު ވަރަށްވެސް އުފާވެރި މަންޒަރެކެވެ."

ޝައިޚް އާދަމް ނިޝާން ވިދާޅުވީ ﷲ އަށް ފުރިހަމައަށް ލޯބިވާ އަދި ދަރީންދެކެ ޙަޤީޤީ ލޯބިވާ މައިންނަކީ އެފަދަ މައިން ކަމަށެވެ. މިސްކިތަށް ދަރިން ނަމާދަށް ގެންދާ މައިން ކަމަށެވެ. ޚާއްޞަކޮށް ފަތިސް ނަމާދުގެ ޖަމާއަތުން ދުވަސް ފަށަން ދަރިންނަށް ދަސްކޮށްދީ ތަރުބިއްޔަތުކުރާ މައިން ކަމަށެވެ.

"އާޚިރަތުގެ މަތިން ހަނދާން ނައްތާލާ، ދަރިންނަށް ހަމައެކަނި ދުނިޔެ ހޯދައިދިނުމަށް މަސައްކަތް ކުރާ މީހުންގެ ބަދަލުގައި އެންމެ ފުރަތަމަވެސް އާޚިރަތަށްޓަކައި ތިމާގެ ދަރިން ތަރުބިއްޔަތުކޮށް ބަލާ ބޮޑުކުރާ މަޔަކަށްވުރެ، މިބިންމަތީގައި ވަކިން ހެޔޮކަން ބޮޑުވެގެންވާ މަޔަކީ ފަހެ ކޮބައި ހެއްޔެވެ؟"

" ސްކޫލްތަކުގެ ބަންދަށް ފަހު ކިޔެވުން ފެށޭ ފުރަތަމަ ދުވަހުވެސް އެންމެ އިސްކަމެއް އެދިނީ ފަތިސް ނަމާދަށް، މިސްކިތުގެ ޖަމާޢަތަށް ދަރިފުޅު ގެނައުމަށެވެ." ޝައިޚް އާދަމް ނިޝާން ވަނީ އެ ތަޤްވާވެރި، ދަރިން ދެކެ ޙަޤީޤީ ލޯބިވާ މަންމައާށާއި އޭނާގެ ދަރިންނަސްޓަކައި ހެޔޮ ދުޢާ ކޮށްދެއްވައިފައެވެ. އެފަދަ މައިންނަށާއި އެފަދަ ކުދިންނަށްޓަކައި އަޅުގަނޑުމެންވެސް މިފަދައިން ދުޢާ ކުރަމާތޯއެވެ.!

اللهم بارك لها واجعل أولادها من مقيمي الصلاة واجعلهم قرة عين لها.

ޔާ ﷲ! އެއަންހެނާއަށް ބަރަކާތް ލައްވާ އޭނާގެ ދަރީންނަކީ ނަމާދު ޤާއިމްކުރާ ބައެއްކަމުގައި ލައްވާ، އެކުދިންނަކީ އޭނާގެ ލޮލުގެ ފިނިކަންކަމުގައި ލައްވާންދޭވެ آمين يا رب العالمين

މިއަދު އޮންލައިން