ރިޟްވާނުގެ މައްސަލައިގަ ބަންދުކުރަން ޖެހޭ މީހުން ތިބި ނަމަ ބަންދުކޮށްގެން ވެސް ތަޙްޤީޤް ފުރިހަމަ ކުރާނެ: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 57ސ
ރިޟްވާނުގެ މައްސަލައިގަ ބަންދުކުރަން ޖެހޭ މީހުން ތިބި ނަމަ ބަންދުކޮށްގެން ވެސް ތަޙްޤީޤް ފުރިހަމަ ކުރާނެ: ރައީސް ޞާލިޙް

މަރާލާފައިވާ ކަމަށް ބެލެވޭ ނޫސްވެރިޔާ ރިޟްވާންގެ މައްސަލައިގައި ބަންދުކުރަން ޖެހޭ މީހަކު ހުރި ނަމަ ބަންދުކޮށްގެންވެސް ތަޙްޤީޤް ފުރިހަމަކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ރިޟްވާނުގެ މައްސަލައިގެ ތަޙްޤީޤް ފުރިހަމަކުރަން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އަޅަން ސަރުކާރު ފަސް ނުޖެހޭނެ ކަމަށެވެ. "މި ސަރުކާރުން އަޅުގަނޑެއް ފަހަތަކަށް މިކަމަކު ނުޖެހޭނޭ. އަޅުގަނޑުމެން މިތިބީ ކުރަންޖެހޭ ކޮންމެ ކަމެއް މިކަމުގައި ކުރާށޭ. ކުރިއަށް އަޅުގަނޑުމެން މި ކަމުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަމޭ." 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގެ ވާހަކަފުޅުން: 

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލީ، ހަމަ މުހިއްމު ކަމެއްގެ މަޢުލޫމާތު ޙިއްޞާކޮށްލުމަށް، މުހިއްމު ވާހަކައެއް ޙިއްޞާކޮށްލުމަށް. އަދި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ހަފްތާގައި އަޅުގަނޑު ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން ތިޔަބޭފުޅުންނާ މިގޮތަށް ބައްދަލުކޮށްލާނަން، ދެންހުރި ކަންތައްތަކާ ބެހޭގޮތުން. 

އެނގިވަޑައިގަންނަވާނެ، މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ ތަޙުޤީޤު ކުރުމަށް އަޅުގަނޑު ކޮމިޝަނެއް އެކުލަވައިލިން 17 ނޮވެންބަރު 2018 ގައި، އަޅުގަނޑު ވެރިކަމާ ހަވާލުވެ ހުވާކުރުމާ ގުޅިގެން. އަދި މި އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު އަޅުގަނޑު ވާނީ އެ ކޮމިޝަނަށް ޤާނޫނީ ބާރުތަކެއް ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނު ބިލު ތަޞްދީޤުކޮށް، ފުރިހަމަ ބާރުތަކެއް އެ ކޮމިޝަނަށް ދީފައި. 

އަޅުގަނޑު އެ ކޮމިޝަން އެކުލަވައިލީ ވަރަށް މުހިންމު، ވަރަށް މާތް މަޤްޞަދެއްގައި. އޭގެތެރެއިން އެއްކަމަކީ، ގެއްލިފައިވާ ނޫސްވެރިއެއް ކަމުގައިވާ އަޙްމަދު ރިޟްވާނަށް ވީގޮތެއް ހޯދައި، އެކަންކުރި ބަޔަކު އިންޞާފުގެ ކުރިމައްޗަށް ގެނެސް، އަދި އެފަދަ ކަންތައްތައް ރާއްޖޭގައި، ދެން ކުރިއަށް އޮތް ތަނުގައި ހިނގިޔަނުދިނުމަށް ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންތައްތައް ކުރުން. 

މިހާތަނަށް ކޮމިޝަނުން ވަރަށް ރަނގަޅު ބުރަ މަސައްކަތް ކުރައްވައިފި. އުނދަގޫ މަސައްކަތްތަކެއް ކުރައްވައިފި. އެގޮތުން، ރިޟްވާނުގެ މައްސަލައާ ބެހޭގޮތުން މިހާރު ވަނީ އަޅުގަނޑަށް ދެ ޑްރާފްޓެއް އެބޭފުޅުން ފޮނުއްވާފައި. ފުރަތަމަ ޑްރާފްޓްގައި 62 ޞަފްޙާ. ދެވަނަ ޑްރާފްޓް އެއީ 1 ސެޕްޓެންބަރުގައި އަޅުގަނޑަށް ލިބުނު ޑްރާފްޓެއް. އެއީ 70 ޞަފްޙާގެ ޑްރާފްޓެއް. 

އަދި މީގެއިތުރުން، އަޅުގަނޑުމެންގެ ތެރޭގައި ކަންބޮޑުވުންތައް ހުރި އިތުރު އެހެން މަރުތަކުގެ މައްސަލަތައް ބައްލަވަމުން އެބަ ގެންދަވާ. އޭގެތެރޭގައި، ޑޮކްޓަރ އަފްރާޝީމުގެ މަރުގެ މައްސަލަ އެބަ ބައްލަވާ. އަދި ޔާމީން ރަޝީދުގެ މައްސަލަވެސް ވަރަށް ރަނގަޅަށް ބައްލަވަމުން އެބަ ގެންދަވާ. 

އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން، ޑޮކްޓަރ އަފްރާޝީމުގެ މައްސަލައިގައިވެސް ގާތްގަނޑަކަށް 90 ޕަސެންޓް ވަނީ މިހާރު ނިމުމަކަށް އައިސްފައި. ހަމަ އެގޮތަށް، ރިޟްވާނުގެ މައްސަލަވެސް ދާދި އަވަހަށް ބަލައި ނިމޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް ލިބިފައި އެބައޮތް.

އެނގިވަޑައިގަންނަވާނެ، ދެވަނަ ޑްރާފްޓް އަޅުގަނޑާ ހަވާލުކުރުމަށްފަހުގައި، ކޮމިޝަންގެ ފަރާތުން ޕްރެސްއާ ބައްދަލުކުރި. މަޢުލޫމާތުތަކެއް ޙިއްޞާ ކުރެއްވި. އަދި އޭގެއިތުރުން، ބައެއް މަޢުލޫމާތުތައް ހާމަވެގެން ހިނގައްޖެ. އެކަމާ ގުޅިގެން ރިޟްވާނުގެ ޢާއިލާގެ ފަރާތުންނާއި، ގާތް ރައްޓެހިންނާއި، އަދި ޢާންމުންގެ ފަރާތުން ކަންބޮޑުވުންތަކެއް ފާޅުކުރަމުން އެބަ ގެންދޭ. އަދި މިހާރުން މިހާރަށް ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ. އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ފާހަގަކުރައްވަމުން އެބަ ގެންދަވާ.

މިކަމާ ގުޅިގެން މިހާރު ކުރެވެންހުރީ ކޮން ކަންތައްތަކެއްތޯ ބެލުމަށްޓަކައި އަޅުގަނޑު އިއްޔެ ބައްދަލުވުމެއް ބޭއްވިން. އެ ބައްދަލުވުމުގައި، އެޓަރނީ ޖެނެރަލާއި، ޕްރޮސިކިއުޓަރ ޖެނެރަލާއި، ޕޮލިސްއާއި، ޑިފެންސްއާއި، އަދި މަރުތައް ބަލާ ކޮމިޝަނުގެ ބޭފުޅުންނާ އެކީގައި އަޅުގަނޑުމެން މި ބައްދަލުވުން ކުރިއަށް ގެންދިޔައީ. 

މިހާރުން މިހާރަށް ކުރަންޖެހޭ ކަންތައްތައް، އަދި މީގެއިތުރުންވެސް މިކަމާ ގުޅިގެން ކުރަންޖެހޭ ކޮންމެ ކަމަކީ، އެތައް މުއައްސަސާތަކަކާ ގުޅިފައި ހުރި ކަމެއް. އެންމެ ކަމެއްނޫން މީގައި ކުރަން މިޖެހެނީކީ. މިއާ ގުޅިގެން ތަޙުޤީޤަށް ހާޒިރު ކުރަންޖެހޭ ފަރާތްތައް އެބަތިބި. ފުރުން މަނާކުރަންޖެހޭ ފަރާތްތައް އެބަތިބި. އަދި ހައްޔަރު ކުރަން ޖެހިއްޖިއްޔާ، ހައްޔަރު ކުރަންޖެހޭ ފަރާތްތައްވެސް ތިބިކަން އަޅުގަނޑުވެސް ފާހަގަކުރަން. 

މި ކަންތައްތައް ކުރެވެން އަންނަނީ މި ހުރިހާ މުއައްސަސާއެއް އެކުގައި މިކަން ކުރެވިގެން. އަޅުގަނޑުމެން އިއްޔެ އެ ބައްދަލުވުމުގައި އެއްބަސްވެ ނިންމުނު ކަންތައްތަކަކީ، މިހާރުން މިހާރަށް ކުރަންޖެހޭ ކަންތައްތައް ހަލުވިކޮށް ކުރުން. އިރާދަކުރެއްވިއްޔާ، އެ މަސައްކަތް އިއްޔެއިން ފެށިގެން ކުރިއަށް އެބަދޭ. އެގޮތުން، ކަންބޮޑުވުންތައް ހުރި ކަންތައްތައް ދެނެގަނެ، ބަންދުކުރަންޖެހޭ މީހަކު ހުރިކަމަށްވަންޏާ، ބަންދުކޮށްގެން ތަޙުޤީޤު ކުރަން، އިތުރަށް ކުރަންޖެހޭ ކަމެއް އޮވެއްޖިއްޔާ، އެކަންވެސް ކުރަން އަޅުގަނޑުމެންނަށް އެއްބަސްވެވުނު. 

އޭގެއިތުރުން، ވީހާވެސް އަވަހަކަށް ރިޕޯޓް ފައިނަލް ކުރުން. ފުރިހަމަ ރިޕޯޓެއް ތައްޔާރުކޮށް އަޅުގަނޑާ ހިސާބަށް ގެނައުމަށް ނިންމުނު. އެނގިވަޑައިގަންނަވާނެ، އެ ޤާނޫނުގައި ވަރަށް ސާފުކޮށް ޞަރީޙަ ބަހުން އެބަ ބުނޭ ކަންތައް ކުރަންވީގޮތް. ކޮމިޝަނަށް ލިބިދޭ ބާރުތަކާއި، އެ ބާރުތަކުގެ ތެރޭގައި، ތަޙުޤީޤުތައް ކުރެވޭނެގޮތާއި، އަދި ނިމުމަށްފަހުގައި އެ ރިޕޯޓަށް ހަދަންވީގޮތް ވަރަށް ސާފުކޮށް އެބައޮތް. އެއަށްފަހުގައި، އަޅުގަނޑު ކަން ކުރަންވީގޮތްވެސް އެބައޮތް. 

މިއަދު އޮންލައިން