ބީއެމްއެލް އިން ހުޅުމާލޭގަ ޔޫއެސް ޑޮލަރު އޭޓީއެމްގެ ޚިދުމަތްދޭން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ބީއެމްއެލް އިން ހުޅުމާލޭގަ ޔޫއެސް ޑޮލަރު އޭޓީއެމްގެ ޚިދުމަތްދޭން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އިން ހުޅުމާލޭގެ ރެނާޓަސް އިތާމުތް ބިލްޑިންގ ގައި ޔޫއެސް ޑޮލަރަށް ޚާއްސަ އޭޓީއެމް އެއް މިއަދު ހުޅުވައިފިއެވެ.

އާބާދީ އާއި ވިޔަފާރީގެ ގޮތުން ހަލުވި ކަމާއެކު ކުރިއަރަމުންދާ ހުޅުމާލޭގައި މި ގާއިމް ކުރެވުނު އޭޓީއެމް އަކީ ބޭންކް އޮފް މޯލްޑިވްސްެ ގެ ޚިދުމަތްތައް ހުޅުމާލެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުވުނު އޭޓީއެމް އެކެވެ. މިއާއެކު ބީއެމްއެލް އިން އަންނަނީ ހުޅުމާލޭގެ ތަފާތު ތިން ސަރަހައްދެއްގައި 7 އެޓީއެމް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ.

މި އޭޓީއެމް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފަރ ގެ ޚިދުމަތްވެސް ހޯދޭނެއެވެ. 

މި ޚިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކުރި ދުވަހުން ފެށިގެން މި ޚިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ފާއިތުވި އަހަރެއްހައި ދުވަސްތެރޭ ޔޫއެސް ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 800,000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވާ ކަމަށާއި އަދި ހަމަ މި މުއްދަތުގައި ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 490 މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ނަގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ މި ތަފާސް ހިސާބުތަކަށް ބަލާއިރުވެސް ކަސްޓަމަރުން ބޭނުންވާ މިންވަރަށް އޭޓީއެމް މެދުވެރިކޮށް ޚިދުމަތް ދެވެމުންދާކަމަށެވެ.

މިއަދު އޮންލައިން