ދީނީ / ލާދީނީ މީހުންގެ ހެދުން ހުންނަން ޖެހޭނެ ގޮތް ކަނޑައެޅީ އަޅުގަނޑު ނޫނީ އެހެން ދީނީ ޢިލްމުވެރިންނެއް ނޫން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ދީނީ / ލާދީނީ މީހުންގެ ހެދުން ހުންނަން ޖެހޭނެ ގޮތް ކަނޑައެޅީ އަޅުގަނޑު ނޫނީ އެހެން ދީނީ ޢިލްމުވެރިންނެއް ނޫން!: ޑރ. އިޔާޟް

ދިނީ މީހުންނާއި މީހުންގެ ހެދުން ހުންނަން ޖެހޭނެ ގޮތް ކަނޑައެޅުއްވީ ތިމަންނާ ނޫނީ އެހެން ވެސް ދީނީ ޢިލްމުވެރިން ނޫން ކަމަށާއި އެކަން ކަނޑައަޅުއްވަވާފައިވަނީ ﷲ ތަޢާލާ ކަމަށް ޑރ. މުޙައްމަދު  އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

ޑރ. އިޔާޟް ވިދާޅުވީ ދިނީ މީހުންގެ ހެދުން ހުންނަން ޖެހޭނެ ގޮތް ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި ވަރަށް ސާފުކޮށް ﷲ ތައާލާ ބަޔާން ކުރައްވަވާފައިވާ ކަމަށެވެ. ދީނީ މީހުން ތިބޭނީ އެ އާޔަތުގައިވާ ފަދައިން ހެދުން އަލައިގެން ކަމަށާއި އެ އާޔަތުގައިވާ ފަދައިން ހެދުން ނުލާނަމަ އެމީހާ ވާނީ ލާދީނީ މީހަކަށް ކަމަށެވެ. އަދި މި ޙުކުމް ނެރުއްވީ އޭނާ ނުވަތަ އެހެންވެސް ދީނީ ޢިލްމުވެރިން ނޫން ކަމަށާއި އެ ޙުކުމް ނެރުއްވަވާފައި ވަނީ ﷲ ތަޢާލާ ކީރިތި ޤްރުއާނުގައި ކަމަށެވެ. 

"ﷲ ތައާލާ ދީނީ މީހުންގެ ހެދުން ހުންނަން ޖެހޭނެ ގޮތް އެވަނީ ކަނޑައަޅުއްވަވާފަ. އެކަން ޤަބޫލުނުކޮށް އެގޮތާއި ޚިލާފަށް، ހުއްދަ ނުކުރައްވަވާ މިންވަރު ދައްކައިގެން އުޅުން ވާނީ ލާދީނީ މީހަކަށް. މިއީ ވަރަށް ސާފު މައްސަލައެއް. މިކަމަށް ދެކޮޅު ހެދޭނެ އެއްވެސް މީހަކު ނުހުންނާނެ." 

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި "މީހަކު ލާ ހެދުމަކުން ނުވަތަ ފައުޅުކުރާ ޚިޔާލަކުން އެމީހަކީ ޓެރަރިސްޓެއް ކަމަށް ނިންމަން ވެއްޖެ ނަމަ، އެއިރަކު އޮންނަ ސަރުކާރަކުން ހައްޔަރު ކުރަން ބޭނުން އެންމެން ތިބޭނީ ޖަލުގެ ގޮޅިތަކުގައެވެ. ރައްޔިތުންގެ މަޖިލީހުން މިކަމާއިމެދު ފުންކޮށް ވިސްނެވުން އެދެމެވެ." މިފަދައިން ވިދާޅުވުމުން ބައެއް މީހުން ކުރިމަތިކުރުވަމުން ގެންދާ ސުވާލެއްގެ ޖަވާބުގައެވެ. 

އެމީހުން ކުރިމަތިކުރުވާ ސުވާލަކީ މީހަކު ލާ ހެދުމަކުން އެމީހަކި "ޓެރަރިސްޓެއް" ކަމަށް ކަނޑަ ނުއެޅޭނެ ނަމަ ވަކި ގޮތަކަށް (ނިވައިކަން ކުޑަކޮށް) ހެދުން ލުމުން ލާދީނީ މީހެއް ކަމަށް ބުނަނީ ކީއްވެގެން ހެއްޔެވެ؟ 

ޑރ. އިޔާޟް ދަލީލު ދައްކަވަނީ ކީރިތި ޤުރްއާނުގެ މިއާޔަތުންނެވެ. 

"އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖު ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ އަޢުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ މުއުމިނުންނޭވެ! ތިއަބައިމީހުން އެންމެން ﷲއަށް ތައުބާ ވާށެވެ! (އެއީ) ތިއަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ." (އައްނޫރު: 31)

މިއަދު އޮންލައިން