"ޤިޔާމަތް ދުވަހު އެއްވެސް މީހަކު އެހެން އެއްވެސް މީހެއްގެ މަތިން ހަނދާން ނުހުންނާނެ 3 ވަގުތެއވެއެވެ! އެއީ ޞިރާޠު މަގު ހުރަސްކުރާ ވަގުތުގަ އާއި އަޅުތަކުންގެ ޢަމަލު މީޒާނުގައި ކިރޭ ވަގުތުގަ އާއި އަޅުތަކުން ކުޅަ ޢަމަލުގެ ފަތް އެމީހެއްގެ އަތަށް ދެވޭ ވަގުތެވެ." ޙަދީޘް
ރަސޫލް (ޞޢވ) މިމޭރުމުން ޙަދީޘްފުޅު ކުރެއްވެވީ އަނބިކަނބަލުން ޢައިޝަތުގެފާނު ކީރިތި ކުރައްވައި ލޯފުޅުން ކަރުނަ ބާލުއްވަވައި "ޤިޔާމަތް ދުވަހު ކަލޭގެފާނުގެ (ރަސޫލް (ޞޢވ)ގެ) އަނބިދަރިންގެ މަތިން ހަނދުމަފުޅު ހުންނާނެތޯ؟" ކުރެއްވެވި ސުވާލުގެ ޖަވާބުގައެވެ.
(ޚުޠުބާގައި ހިމެނޭ މިފަދަ ވާހަކަތައް ޝާއިއުކޮށްފައި ހުންނަ ގޮތުން ގުޅުވަން ޖެހޭ ބައިތައް ގުޅުވައިގެން ގެނެސްދެވޭނެ ގޮތެއް ހޯދަން މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމަށް މިއަދުނޫހުން މިދަނީ އެދެމުންނެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެކަމުގައި އިސްލާމިކް މިނިސްޓްރީގެ އެއްބާރުލުން ލިބިފައެއް ނުވެއެވެ. އެކަމަށް އެއްބާރުލުން ދިނުމަށް މިސްޓަރު ވިދާޅުވިކަމަށާއި އެއްބާރުލުން ދޭނެ ކަމަށް ކަމާއިބެހޭ މުވައްޒިފް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ކިޔުންތެރިންގެ އަރިއަހުން މާފަށް މިއެދުނީ މިކަމުގައި ބައެއް ކިޔުންތެރިން ސުވާލުތައް ކުރިމަތިކުރަމުން ގެންދާތީއެވެ.)