ރައީސް ޔާމީނަށް: ތިއަ ވިދާޅުވީ މަނިކުފާނުގެ ވެރިކަމުގަ ގިނަ ބައަކު ހައްޔަރު ކުރެއްވީ ޤަޞްދުގަ އަނިޔާކުރައްވަން ކަމަށްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ރައީސް ޔާމީނަށް: ތިއަ ވިދާޅުވީ މަނިކުފާނުގެ ވެރިކަމުގަ ގިނަ ބައަކު ހައްޔަރު ކުރެއްވީ ޤަޞްދުގަ އަނިޔާކުރައްވަން ކަމަށްތޯ؟

ޕީޕީއެމުން ރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ވަރަށް ގިނަ ބައަކު ގެންދަނީ ތަފާތު ސުވާލުތައް އުފައްދަމުންނެވެ. އެއިގެ ތެރެއިން އެންމެ ގިނަ ބައަކު ކުރާ އެއް ސުވާލަކީ "ތިއަ ވިދާޅުވީ މަނިކުފާނުގެ ވެރިކަމުގަ ގިނަ ބައަކު ހައްޔަރު ކުރެއްވީ އެމީހުންނަށް ޤަޞްދުގަ އަނިޔާކުރައްވަން ކަމަށްތޯ؟" އެވެ.

ރައީސް ޔާމީނުގެ ވާހަކަފުޅުން މިސުވާލު އުފައްދަނީ "ތަހުގީގީ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ގާނޫނު އިސްލާހުކުރުމުން އެކަމުގެ ގެއްލުން ލިބޭނީ ރައްޔިތުންނަށް. މީހުން ހައްޔަރު ނުކޮށް ވެސް ކުށުގެ އަމަލުތަކުގެ އެންމެ އަޑިއާ ހަމައަށް ފުލުހުންނަށް ދެވެން ޖެހޭނެ" ކަމަށް ރައީސް ޔާމީން ރޭ ވިދާޅުވުމުގެ އިތުރުން "ބޮޑެތި ކުށުގެ އަމަލުތަކުގެ އެންމެ އަޑިއާ ހަމައަށް ފުލުހުން ދާން ޖެހޭނީ އެންމެން ހައްޔަރުކޮށް ނުވަތަ ބަންދުން ކޮށްގެނެއް ނޫން" ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހައްޔަރުކުރި ވަރަށް ރާއްޖޭގެ މުޅި ތާރީޚުގައިވެސް ސިޔާސީ ބޭނުމުގައި މީހުން ހައްޔަރުކޮށްފައެއް ނުވާކަން ގިނަ ބައަކު ގެންދަނީ ފާހަގަކުރަމުންނެވެ. ޚާއްޞަކޮށް ބައްޕައިން ދެކެ އަންނަ ރުޅީގައި ދަރިންގެ ބޮލުގައި ބޮޑެތި އިލްޒާމްތައް އަޅުވައި ހައްޔަރުކުރި ރާއްޖޭގެ ހަމައެކަނި ރައީސަކީވެސް ރަސްކަލަކީވެސް ވެރިޔަކީ ވެސް ރައީސް ޔާމީނު އެކަނި ކަމަށްވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ.  

ރާއްޖޭގެ ފަހުގެ ތާރީޚަށް ބަލައިފިނަމަ ރައީސް ޔާމީނުގެ ވެރިކަމުގައި ފިޔަވައި ސިޔާސީ ބޭނުމުގައި އެންމެ ގިނަ ބައަކު ހައްޔަރުކުރީ މަޝްހޫރު ބޮޑުބުރާސްފައްޗާއި ކުޑަ ބުރާސްފައްޗާއި ގުޅިގެންނެވެ. އެ ދެ ފަހަރުވެސް ހައްޔަރުކުރި އެއްވެސް މީހެއްގެ ދަރިން ހައްޔަރުކުރިކަން އެނގިފައެއް ނުވެއެވެ.  

މީގެ އިތުރުން މީހުން ފްރޭމް ކުރުމުގައިވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ވަނީ ރެކޯޑް ހަދައިފައެވެ. ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް ފްރޭމް ކުރަން ބޭނުންވުމުން ނާޒިމްގެ ކޮޓަރިކޮޅަށް ވަނީ ފުލުހުން ލައްވައި ފިސްތޯލައެއް ވައްދުވައިފައެވެ.  

ވިލާ ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ސިޔާދު ޤާސިމް ފްރޭމްކުރަން ބޭނުންވުމުން ފުލުހުން ލައްވައި ސިޔާދު އަތްޕުޅަށް އެރުވީ ކަރުދާސް ގަނޑެކެވެ. އެންމެ މޮޅު ކަމަކީ އަރިހުގައި އިން ޤާނޫނީ ވަކީލަށްވެސް އެ ގަނޑުގައި އަތްލުމުގެ ފުރުޞަތު ނުދިން ކަމެވެ.

 

"ތަޙްޤީޤޭ، އިންސާފޭ، ހެކިންނޭ، ޝަރީޢަތޭ ގޮވާއިރު މި ނުބައި ނުލަފާ އިންސާނާގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް. ރައްޔިތުންނަސް ދިން އަނިޔާ އާއި ހިންގާފައިވާ ބޮޑު ވައްކަމާއި ހިންގި ޖަރީމާތަކުގެ ޙައްޤު އަދަބި އިރާދަކުރެއްވިއްޔާ އަރާ ހަމަކުރާނެ." މަޚްލޫފް 

 

"ބުއްދި ސަލާމަތުން ނެތިއްޔާ އިއްޔެ ތިމާ ކުރި ކަންތައް މަތިން ހަނދާން ނުހުރެދާނެ. އެންމެންނަކީ ތީހައި ނުބައި މީހަކަށް ވެސް ނުވެދާނެ." އަހްމަދު ސަމީރު

 

 

 

 

މިއަދު އޮންލައިން