ނަރަކައަށް ވަންނަން ޖެހުމަކީ ﷲ ބޭނުންފުޅުވެވޮޑިގެންވާ ގޮތެއް ނޫން - މީސްތަކުން އަމިއްލައަށް ލިބިގަންނަ ކަމެއް!: ޝައިޚް ޢަބްދުﷲ މިފްޟާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ނަރަކައަށް ވަންނަން ޖެހުމަކީ ﷲ ބޭނުންފުޅުވެވޮޑިގެންވާ ގޮތެއް ނޫން - މީސްތަކުން އަމިއްލައަށް ލިބިގަންނަ ކަމެއް!: ޝައިޚް ޢަބްދުﷲ މިފްޟާލް

ތުއްތު ދަރިން ދެކެ ކުއްޖާގެ މައިމީހާ ލޯބިވާވަރަށް ވުރެ މާބޮޑަށް މީސްތަކުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. 

ހުނައިނު ހަނގުރާމައިގެ ދުވަހު ޠާއިފްގެ މީސްތަކުން މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރަން ނުކުތީ އެމީހުންގެ އަނބިދަރިންވެސް ގޮވައިގެންނެވެ. ހަނގުރާމައިގައި މުޝްރިކުން ބަލިވެ ހަނގުރާމައިގެ މައިދާން އަމާންވުމުން އެތަނުން އަންހެނަކު އޭނާގެ ތުއްތު ދަރިފުޅު ހޯދަން މަސައްކަތް ކުރަމުން ގޮސް ފެނުނު ވަގުތު އުފަލުން އޭނާއަށް ރޮވުނެވެ. އެ މަންޒަރު ބައްލަވަން އިންނަވާފައި ރަސޫލް (ޞޢވ) ވަނީ ﷲ ތައާލާ މީސްތަކުން ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރު ޞަޙާބީންނަށް ބަޔާންކޮށް ދެއްވަވައިފައެވެ. 

ވީމާ އެއްވެސް މީހަކު ނަރަކައަށް ވަނުމަކީ ﷲ ތަޢާލާ އެކަމަށް ލޯބިވެވޮޑިގަންނަވާ ކަމެއް ނޫނެވެ. ނަމަވެސް މީސްތަކުން އަމިއްލައަށް ނަރަކައަށް ވަންނަނީއެވެ. ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވަނީ މީސްތަކުން ތައުބާވެ ނަރަކައިން ސަލާމަތްވުމަށެވެ. ނަމަވެސް މީސްތަކުން ޖާހިލުވެ ފުރުޞަތުގެ ބޭނުން ނުހިފަނީއެވެ. ފުރުޞަތުގެ ބޭނުން ހިފައި ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފަށައިފިނަމަ އެމީހަކަށް ކުރެވިފައިވާ ނުބައި އަމަލުތައް އެއީ ހެޔޮ އަމަލުތައް ކަމަށް ﷲ ތަޢާލާ ބަދަލުކޮށް ދެއްވަވަތެވެ. ކުރެވިފައިވާ ފާތައް ކަނޑުގެ ފޮނުހައި ގިނަ ނަމަވެސް ފުއްސަވައި ދެއްވަވަތެވެ. 

ވީމާ މީސްތަކުންނަށް އޮތީ ފާފަކުރުމާއި ދުރުހެލިވުމެވެ. ތައުބާވުމެވެ. ނަރަކައިން ސަލާމަތްވުމުގެ މަގު ﷲ ތަޢާލާ ވަނީ ދައްކަވައިދެއްވަވައިފައެވެ. އެމަގުގައި ސާބިތުވުމަކީ މީސްތަކުން ކުރަން ޖެހޭ ކަމެކެވެ.  

- މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގަ ޝައިޚް ޢަބްދުﷲ މިފްޟާލް ދެއްވި ދަރުސުން

 

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން