ޢިމާރާތް ކުރަންވީ ދުނިޔޭގަ އުޅޭނެ ބޮޑު ގެއެއް ނޫނެވެ! ކައްވަޅެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ޢިމާރާތް ކުރަންވީ ދުނިޔޭގަ އުޅޭނެ ބޮޑު ގެއެއް ނޫނެވެ! ކައްވަޅެވެ!: ޝައިޚް އަބޫބަކުރު ޒައުދު

ދުނިޔެއަށް ބަލާލައިފިނަމަ މިފެންނަނީ ބޮޑު ގެއެއް ނުއެލިގެން އެންމެން އުޅޭތަނެވެ. ރިބާ ހިމެނޭ ބޮޑެތި ލޯނުތައް ނަގައިގެންވެސް ރަށުގައި ހުރި އެންމެ ފުރިހަމަ ގެއަކީ ތިމާގެ ގެކަމަށް ހަދަން މަސައްކަތްކުރަމުން ގެންދާ ތަނެވެ. 

ހިތާމައަކީ ގެއަޅަން މަސައްކަތް ކޮށްކޮށް ހުއްޓައި މީހުން މަރުވަމުންދާއިރު އެކަމުން ޢިބްރަތެއް ޙާޞިލު ނުކުރެވޭ ކަމެވެ. މުޅި އުމުރުގައި ބުރަ މަސައްކަތްކޮށްގެން އަޅާގެއަށް ވަންނަ ތަނުން މަރުވެދާއިރު އެކަމުންވެސް ޢިބްރަތެއް ޙާޞިލު ނުކުރެވޭ ކަމެކެވެ. 

މީސްތަކުންނޭވެ! ބިލިއަނުން ޚަރަދުކޮށްގެން ބިލް ގޭޓްސް އެވަނީ ދުނިޔޭގައި ނެތްވަރުގެ ގެއެއް އަޅައިފައެވެ. މާދަން އޭނާ މަރުވުމުން ކައްވަޅަށް ދާނީ ގެ ހިފައިގެން ހެއްޔެވެ؟ މުސްލިމުންގެ ތެރެއިން ދުނިޔޭގެ ރެކޯޑް ހޯދަން އުސް އިމާރާތްތައް އެޅި މީހުން މަރުވެ ވަޅުލެވުނީ އެމީހުން ބިނާކުރި އުސް އިމާރާތުގައި ހެއްޔެވެ؟ ގެ ހަމަ ހުރިތަނުގައި ހުއްޓައި ސަހަރާގައި އެކަނިމާއެކަނި ނޫން ހެއްޔެވެ؟ ބޮޑެތި ގަނޑުވަރުތައް އަޅައިގެން ދުނިޔޭގައި އުޅުނު އިސްލާމީ ޤައުމުތަކުގެ ވެރިން، ރަސްކަލުން ވެސް ވަޅުލެވުނީ ހަމަ އެކަނިމާއެކަނި ސަހަރާގައި ނޫން ހެއްޔެވެ؟ 

މީސްތަކުންނޭވެ! މިބުނަނީ އެއްވެސް ޙާލެއްގައި ތަނަވަސްކަން ހުރި ނަމަ ފުރިހަމަ ގެއެއް ނުއަޅާކަސް ނޫނެވެ. މިބުނަނީ އިސްކަން ދޭންވީ ދުނިޔޭގައި ބޮޑު ގެއެއް އަޅަން ނޫން ކަމަށާއި އިސްކަން ދޭންވީ ކައްވަޅު އާރާސްތުކުރަން ކަމަށެވެ. ކައްވަޅު އާރާސްތުކުރުމަކީ ތިބާއަށްޓަކައި ކައްވަޅަކީ ސުވަރުގޭގެ ބަގީޗާއަކަށް ހެދުމެވެ. އެކަން ކުރަން ބޭނުންވަނީ ހަމައެކަނި ފައިސާއެއް ނޫނެވެ. ފައިސާ ހުރިނަމަ ގިނަގިނައިން ބަދަޤާތް ކުރުމަކީވެސް ކުރަން އޮތް ކަމެކެވެ. ނަމަވެސް އެންމެ މުހިންމީ ކުރާ އަޅުކަން އިތުރުކުރުމެވެ. 

ކައްވަޅުގައި ތިބާ އާއިއެކުގައި ވާނީ ހަމައެކަނި ތިބާ ދުނިޔޭގައި ކުޅަ އަމަލު އެކަންޏެވެ. ހެޔޮ އަމަލުކޮށްފިނަމަ އެއަމަލުތައް ތިބާއަށް އުފާވެރިކަން ކައްވަޅުގައިވެސް ހޯދައި ދޭނެއެވެ. ނުބައި އަމަލުތައް ކޮށްފިނަމަ ލިެން އޮތީ ގަދަފަދަ ޢަޛާބެވެ! ބޭނުން ގޮތެއް އިޚްތިޔާރުކުރުމަކީ އެމީހެއްގެ ކަމެކެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން