ގިނަ މީހުން ހައްޔަރުކުރެވިފަ ވަނީ ރާއްޖެއިން އިންޑިއާއަށް ޑްރަގް ގެންގޮސްތޯ ނޫނީ އިންޑިއާއިން ގެނެސްގެންތޯ ބަލަންވީނު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ގިނަ މީހުން ހައްޔަރުކުރެވިފަ ވަނީ ރާއްޖެއިން އިންޑިއާއަށް ޑްރަގް ގެންގޮސްތޯ ނޫނީ އިންޑިއާއިން ގެނެސްގެންތޯ ބަލަންވީނު؟

އިންޑިއާއަށް ރާއްޖެއިން ގިނަ އަދަދެއްގެ ޑްރަގް ގެންދާ ކަމަށާއި ޚާއްޞަކޮށް ކެރަލާ ފުނިޖެހިވަނީ ރާއްޖެއިން ގެންދާ ޑްރަގުން ކަމަށް "އިންޑިއަންސް އިން މޯލްޑިވްސް" ޓްވިޓަރ އެކައުންޓުން ތުހުމަތުކޮށްފިއެވެ. 

އަނެއްކާވެސް ޑްރަގް މައްސަލައިގައި ބޮޑު އޮޅުވާލުމެކެވެ. ރާއްޖެ އާއިމެދު ދޮގު ތުހުމަތުތަކެކެވެ. އެކަން އެންމެ ރަނގަޅަށް އެނގިގެންދަނީ ރާއްޖެއިން އިންޑިއާއަށް ޑްރަގް ގެންދިއުމުން ހައްޔަރުކުރެވިފައިވާ މީހުންގެ އަދަދާއި އިންޑިއާއިން ރާއްޖެއަށް ޑްރަގް ގެނެސްގެން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދަށް ބެލުމުންނެވެ. 

އިންޑިއާއިން ރާއްޖެއަށް ޑްރަގް އެތެރެކޮށްގެން ހައްޔަރުކޮށްފައިވާ 50 މީހަކަށް މީހަކުވެސް ރާއްޖެއިން އިންޑިއާއަށް ޑްރަގް އެތެރެކުރަން އުޅެގެން ހައްޔަރުކުރެވިފައިވޭތޯ ބަލައިލުން ރަނގަލުވާނެއެވެ.  

އިންޑިއާއިން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ޑްރަގުގެ އަދަދާއި ރާއްޖެއިން އިންޑިއާއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ޑްރަގުގެ އަދަދަށް ބެލުމުން ވެސް މިކަން ވަރަށް ސާފުވާނެއެވެ. ރާއްޖޭގައި ފުނިޖެހިފައި މިވަނީ އިންޑިއާއިން އެތެރެކުރާ ހޭޝް އޮއިލް ފަދަ ޑްރަގުގެ ބާވަތްތަކުންކަން  އަތުލައިގަނެވިފައިވާ މައްސަލަތަކުން ވަރަށް ރަނގަޅަށް އެނގޭނެއެވެ.

ރާއްޖެ އަކީ މިހާރު ދުނިޔޭގެ ކަންކޮޅުތަކުން ޑްރަގު އެތެރެކޮށް އެހެން ޤައުމުތަކަށް ޑްރަގް ފޮނުވާ ޓްރާންޘިޕްމަންޓް ބަނދަރެކެވެ. ނަމަވެސް ހާމަކުރަން ޖެހޭނީ ޙަޤީޤަތެވެ. ޙައްޤު ނޫން އިލްޒާމްތައް އަޅުވައި ނާޖާއިޒު ފައިދާ ނަގަން ކަންކަން ކުރުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. 

މިއަދު އޮންލައިން