އިސްލާމް ދީނަށް ދެމުން ގެންދާ ހަމަލާތަކަށް ކެތްތެރިވެ ސާބިތުކަމާއިއެކު ރައްދު ދޭށެވެ! ބަލިކުރެވޭނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އިސްލާމް ދީނަށް ދެމުން ގެންދާ ހަމަލާތަކަށް ކެތްތެރިވެ ސާބިތުކަމާއިއެކު ރައްދު ދޭށެވެ! ބަލިކުރެވޭނެއެވެ! އިން ޝާ ﷲ

ދުނިޔޭގެ ކަންކޮޅުތަކުގައި ގެންދަނީ އިސްލާމް ދީނަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. އިސްލާމް ދީނާއިމެދު ޝައްކުތައް އުފަދައި ބަލިކަށިކުރެވޭތޯ ތަފާތު މަސައްކަތްތައް ގެންދަނީ ކުރަމުންނެވެ. އެކަމުގެ އަސަރު ނުފޯރާ މުސްލިމް މުޖުތަމަޢުއެއް މިއަދަކު ނެތެވެ. މުސްލިމް ބޯހިޔާވައްސެއް ނެތެވެ. 

މުސްލިމުންނަކީ ކެތްތެރިވާން ޖެހޭ ބައެކެވެ. މުސްލިމުންނަށް އެންމެ ފުރިހަމަ ގޮތުގައި އާރާއި ބާރު ލިބިފައި އޮތް ދުވަސްތަކުގައިވެސް މުސްލިމުން ވަނީ ކެތްތެރިކަމުގެ ނަމޫނާ ދައްކައިފައެވެ. ޚާއްޞަކޮށް 4 ޚަލީފާއިންނާއި ޞަހާބީންނެވެ. 

މުސްލިމުން އަބަދުވެސް ތިބެން ޖެހޭނީ ތައްޔާރަށެވެ! އިސްލާމް ދީން ދިފާޢުކޮށް ނަގަހައްޓަން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން ތައްޔާރަށެވެ. ނަމަވެސް މުޝްރިކުންނާއި މުނާފިޤުން އެދޭފަދައަކުން ނޫނެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ބަސްފުޅާއި އެއްގޮތަށެވެ. 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ކެތްކުރާށެވެ! އަދި، (ދުޝްމިނުންނާ ހަނގުރާމަ ކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިއަބައިމީހުން ކެތްތެރިވާށެވެ! އަދި، ދުޝްމިނުން އަތުވެދާނޭ މަގުތަކަށް ބަލަބަލާ ޖިހާދު ކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި، ތިއބައިމީހުން ﷲ އަށް ތަޤްވާ ވެރިވާށެވެ! (އެއީ) ތިއަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ." (އާލްޢިމްރާން: 200) 

މިއާޔަތުން އެނގިގެންދަނީ މުސްލިމުންނަކީ ފަހަތަށް ޖެހި އަމާން ދޭން ބައެއް ނޫން ކަމެވެ. އަދި ދުޝްމިނުން ދީފާނެ ހަމަލާއަކަށް އަބަދުވެސް ތިބެން ޖެހޭނީ ތައްޔާރީގައި ކަމެވެ. ކުރީ ޒަމާނުގައި ހަމަލާ ދެމުން އައީ ފެނި ތިބެގެން ކަނޑިތަކާއި ލޮންސިންނެވެ. މިއަދު އެންމެ ގިނަ ހަމަލާތައް ދެނީ ސޯޝަލް މީޑިއާގައެވެ. ސާބިތުކަމާއިއެކު ރައްދު ދޭށެވެ! ނަމަވެސް ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއިއެކުގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. 

ކޮންމެ މުސްލިމަކުވެސް މިއަދު ކުރަންވީ ކަމަކީ އިސްލާމް ދީނުގެ ޙާޤީޤަތާއި މަތިވެރިކަން ހާމަވާނެ އެންމެ މެސެޖެއް ނަމަވެސް ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކުވެސް ހާމަކުރަމުން ގެންދިއުމެވެ. ހަމައެއާއިއެކު އިސްލާމް ދީނަށް ފުރިހަމައަށް ޢަމަލުކުރާ މީހަކު ކަމުގައިވުމެވެ. ޚާއްޞަކޮށް ފަރުޟު 5 ނަމާދަށް ރައްކައުތެރިވާ މީހަކު ކަމުގައި ވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން