ރާއްޖެ ދޫކޮށް ފިލި މައްސަލައިގަ އަދީބަށް މާދަމާ ހުކުމް ކުރަނީ!

ކިޔުމަށް ހޭދަވާނީ 1މ 2ސ
ރާއްޖެ ދޫކޮށް ފިލި މައްސަލައިގަ އަދީބަށް މާދަމާ ހުކުމް ކުރަނީ!

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ތަގު ބޯޓެއްގައި ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި މައްސަލައިގައި، އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް އިއްވުން މާދަމާ ކްރިމިނަލް ކޯޓުގައި ހަމަޖައްސައިފިއެވެ.

ސުޕްރީމް ކޯތުގެ އެންގެވުމެއްގެ ދަށުން އަދީބު ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓުވެސް ހިފަހައްޓާފައިވަނިކޮށް، އަދީބު ވަނީ މިދިޔަމަހު ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެޤައުމުގެ ބަނދަރަކުން އޭނާ ހިފަހައްޓާ، ރާއްޖެއަށް އަނބުރާ ގެނައީއެވެ.

މިމައްސަލައިގައި އަދީބުގެ މައްޗަށް ކުރަނީ ޤަނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

ރާއްޖެ ދޫކޮށް ފިލި މައްސަލައިގެ ޝަރީއަތް އިއްޔެ ފެށުމާއެކު، އަދީބު ވަނީ އެދައުވާއަށް އިއުތިރާފުވެ ވަޑައިގެން މާފަށް ވެސް އެދިވަޑައިގެންފައެވެ. އަދީބުގެ އިއުތުރާފާއެކު، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެމައްސަލައިގެ ހުކުމް އިއްވަން ކޯޓުން އިއްޔެ ހަމަޖެއްސިއެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާގޮތުން އިބްތިދާއީ މަރުހަލާގައި ދައުވާ އަށް އިއުތިރާފްވެއްޖެ ނަމަ، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ފަސް ދުވަސް ތެރޭގައި އެ މައްސަލައެއް ނިންމަން ޖެހޭނެ އެވެ.

މިއަދު އޮންލައިން