އަދީބު ތިން މަހަށް ޖަލަށްލާން ހުކުމް ކޮށްފި

ކިޔުމަށް ހޭދަވާނީ 49ސ
އަދީބު ތިން މަހަށް ޖަލަށްލާން ހުކުމް ކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ. 

އަދީބަށް ތިން މަހަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް މިއަދު ކްރިމިނަލް ކޯޓުން ކޮށްފައި މިވަނީ، ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ރާއްޖެއިން ބޭރަށް ދިޔުން މަނާކޮށް އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް، ފިއްލަވައިގެން ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި މައްސަލައިގައެވެ.

ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިއާއަށް އަދީބު ފުރާވަޑައިގެންނެވިކަން އެނގިފައިވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް އިންޑިއާގެ ބަނދަރެއްމަތިން އަދީބު ހިފަހައްޓާ، އެޤައުމުން ވަނީ އަދީބު ދިވެހި ފުލުހުންނާއި ހަވާލު ކޮށްފައެވެ.

ފިލި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، އެއަޑުއެހުމުގައި އަދީބު ވަނީ އެކަމަށް އިއުތިރާފުވެ ވަޑައިގެންފައެވެ. އެހެންކަމުން އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މިއަދު އެމަނިކުފާނަށް ކޯޓުން ވަނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވަވާފައެވެ.

މިއަދު އޮންލައިން