އެސްޓީއޯ އިން ބާޒާރުކުރަންދާއިރު އަމިއްލަ ކޮތަޅު ގެންދިއުމުން ބިލުން 2 އިންސައްތަ ކަނޑާލާނެ ކަމަށް އެސްޓީއޯގެ އެމްޑީ ޙުސައިން އަމަރު ވިދާޅުވެއްޖެއެވެ.
މީގެމާނައަކީ މީހަކު 500 ރުފިޔާގެ ތަކެތި ގަނެފިނަމަ ވަގުތުން 10 ރުފިޔާގެ ޑިސްކައުންޓް ލިބޭނެ ކަމެވެ. 1000 ރުފިޔާގެ ތަކެތި ގަނެފިނަމަ ވަގުތުން 20 ރުފިޔާގެ ޑިސްކައުންޓް ލިބޭނެ ކަމެވެ.
އެސްޓީއޯ އިން ގެންދަނީ ޕްލާސްޓިކް ކޮތަޅާއި އެއްފަހު ބޭނުންކޮށްފައި އެއްލަލެވޭ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން ހުއްޓުވަން ގިނަ މަސައްކަތްތްކެއް ކުރަމުންނެވެ.
