ދުންފަތުގެ ދުމުން ފުއްޕާމެއަށް ކެންސަރު ޖެހުން އިތުރުވާތީ އޮސްޓްރޭލިއާ ޑޮކްޓަރުންގެ ކަންބޮޑުވުން އިތުރުވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ދުންފަތުގެ ދުމުން ފުއްޕާމެއަށް ކެންސަރު ޖެހުން އިތުރުވާތީ އޮސްޓްރޭލިއާ ޑޮކްޓަރުންގެ ކަންބޮޑުވުން އިތުރުވަނީ!

ދުންފަތުގެ ދުމުން ފުއްޕާމެއަށް ކެންސަރު ޖެހުން އިތުރުވާތީ އޮސްޓްރޭލިއާ ޑޮކްޓަރުންގެ ކަންބޮޑުވުން އިތުރުވެއްޖެއެވެ.

ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި ޝީޝާގެ ދުމާއި ސިގިރޭޓް ދުމުން ޖައްވުދަނީ ފުރެމުންނެވެ. އެކަމުގެ އަސަރުކޮށް ގިނަ ބައަކަށް ދަނީ ކެންސަރުޖެހެމުންނެވެ. ދުންފަތަށް ތަފާތު ބާވަތްތައް އިތުރުކުރުމާއި ތަފާތު ރަހަ ލައްވަން އަޅާ ބާވަތްތަކުގެ ސަބަބުން ފުއްޕާމެއަސް ކުރާ އަސަރު ދަނީ ބޮޑުވަމުންނެވެ.

ޑޮކްޓަރުން ބުނެފައިވަނީ "ފްލޭވަރދް ސިގަރެޓް" ބޯ ކުޑަކުދިންގެ އަންނަނީ އިތުރުވަމުން ކަމަށެވެ. އެގޮތަށް ސިގިރެޓް އުފެއްދުމުން ކުޑަކުދިންގެ ޝައުޤުވެރިކަން އިތުރުވެ އެކަން ވަރަށް ބޮޑު ނުރައްކަލަކަށް ވެފައިވާ ކަމަށެވެ.

ޑޮކްޓަރުންގެ މިފަދަ އިންޒާރުތަކާއި ގުޅިގެން 2 ސްޓޭޓެއްގައި މިހާރު ވަނީ އާވި ސިގިރެޓް ނޫން ފްލޭވަރތަކުގެ ސިގިރެޓާއި ސީޝާ ދުންފަތް މަނާވެސް ކޮށްފައެވެ.

ރާއްޖޭގައި ދަނީ ސީޝާ އާއި ދުންފަތުގެ އިސްތިޢްމާލުކުރުން އިތުރުވަމުންނެވެ.

މިއަދު އޮންލައިން