އަލިފާނުގެ ޙާދިސާ އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލް ޢާންމުންނަށް ވަގުތީ ގޮތުން ބަންދުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އަލިފާނުގެ ޙާދިސާ އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލް ޢާންމުންނަށް ވަގުތީ ގޮތުން ބަންދުކޮށްފި

މިހާރު ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލް ޢާންމުންނަށް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ. އެއީ ގިނަ އަދަދެއްގެ މީހުން ހޮސްޕިޓަލަށް ގެންދިއުމާއި ގުޅިގެން އެމީހުންނަށް ބޭނުންވާ ފަރުވާ ދިނުމަށްޓަކައެވެ. 

ހޮސްޕިޓަލަށް ގެންދެވިފައިވަނީ ކިތައް މީހުންނަށްކަން ރަސްމީ ގޮތުން އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް 14 ވަރަކަށް މީހުން ގެންދެވުނު ކަމަށް ނުރަސްމީ ޚަބަރުތައް ބުނެއެވެ. 

ޢޭޑީކޭ ހޮސްޕިޓަލުން މިހާރުވަނީ ހޮސްޕިޓަލުގެ ހުރިހާ މުވައްޒިފުން ވަޒީފާއެއް ނެރެފައެވެ. 

އެމްޑީއަފްޢާލް ވިދާޅުވީޯ ގިނަ ބައަކު ހޮސްޕިޓަލުގައި އެބަތިބި ކަމަށާއި ގިނަ މީހުންނަކީ ސީރިއަސް އަނިޔާ ލިބިފައި ތިބި މީހުން ނޫން ކަމަށާއި ގިނަ މީހުންނަކީ ދުމުގެ އަސަރުކޮށްފައިވާ މީހުން ކަމަށެވެ. 

އަފްޢާލް ވިދާޅުވީ ވެހިކަލްތަކުގައި މީހުން ގެނައުމުގެ ބަދަލުގައި ސަރަހައްދަށް ސްޓްރެޗަރ ފޮނުވައިގެން މީހުން ގެނައުމުގެ މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. މިހާރު ހޮސްޕިޓަލުގައި ތިބި މީހުންނަށާއި އިތުރު މީހުންނަށް ފަރުވާ ދިނުމަށް އޭޑީކޭ އޮތީ ތައްޔާރަށް ކަމަށާއި ކޭޓަރ ނުކުރެވިއްޖެ ނަމަ ބަލިމީހުން ފޮނުވުމުން ޚިދުމަތްދޭން އައިޖީއެމްއެޗް މިހާރު އޮތީ ތައްޔާރަށް ކަމަށެވެ.

"ހުރިހާ ބާވަތެއްގެ ސްޕެޗަލިސްޓުން މިހާރުވެސް ހޮސްޕިޓަލުގައި އެބަ ތިބި. އެމީހުން ތިބީ ތައްޔާރީ ޙާލަތުގަ" ކަމަށްވެސް އަފްޢާލް ވިދާޅުވިއެވެ.

 

 

 

މިއަދު އޮންލައިން