މިހާރު މާލޭގައި ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކުން ކުރަމުން ގެންދާ އިލްތިމާސްތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން އިލްތިމާސްކުރައްވައިފިއެވެ.
އަމީން ވިދާޅުވި ހުރިހާ ހޮސްޕިޓަލުތަކެއްވެސް ވަނީ ތައްޔާރީ ޙާލަތަށް ގެނެވިފައި ކަމަށާއި އިލްތިމާސްތަކާއި އެއްގޮތަށް އަމަލުކުރުމުން ކަންކަން އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.
އަމީން ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ގެންދަނީ ކުރެވެން ހުރި ހުރިހާ ކަންކަން ކުރަމުން ކަމަށެވެ.