ގަލޮޅުގައި ހުރި ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގީ 20:50 ހާއިރު ގ. ރައިހާން ކިޔާގެއެއްގައި ކަމަށެވެ.
މިގޭގައި އަލިފާން ރޯވީ ބަދިގޭގައި ކަމަށް މައުލޫމާތުލިބިފައިވެއެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ނިއްވާލާފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްނުވެއެވެ.