ހުކުރު ދުވަހުގެ ރޭ މޭލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކެމިކަލް ގުދަންތަކެއްގައި އެއްޗެތިތަކެއް ގޮވައި އަލިފާން ރޯވުމުން ނަމަވެސް އެސަރަހައްދަށް އިއްޔެ ވެހުނު ވާރޭ ފެން ނަގައި ޓެސްޓްކުރިއިރު އެސިޑްގެ އަސަރު ނެތްކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދާއި މާލޭގެ އެހެން ބައެއް ސަރަހައްދުތަކުންވެސް ފެން ނަގައިގެން ޓެސްޓްކުރި ކަމަށެވެ.
އެޗްޕީއޭއިން މިމޭރުމުން ބުނީ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އަރާފައިވާ ދުމުގައި ކެމިކަލްގެ އަސަރު ހުރިކަން ވަހުންނާއި އެހެން ގޮތްގޮތުން ފާހަގަކުރެވުނު ކަމަށް ގިނަ ބައަކު ބުނެ ވާރޭ ފެނުގައި އެސިޑްގެ އަސަރު ހުރެދާނެ ކަމަށް ގިނަ ބައަކު ތުހުމަތު ކުރާތީއެވެ.
މި ހާދިސާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ އަލިފާނުގެ ހާދިސާ ކަމަށް ބެލެވޭއިރު 400 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. 89 މީހަކަށް ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
To address the public concern of acid rain due to #FireIncident in Malé (20/09/19), rainwater was collected and tested on 21/09/19 which concludes that the rain water was not acidic.@MoHmv @HPA_MV @NDMAmv @EPAMaldives
— MFDA (@MFDA_mv) September 22, 2019