ބާނާ މަސްކޮޅު ކިރޭނެ ގޮތެއް ނެތުމުން ކަނޑަށް އުކާލުން! އެންމެ ރަނގަޅު ގޮތްބާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ބާނާ މަސްކޮޅު ކިރޭނެ ގޮތެއް ނެތުމުން ކަނޑަށް އުކާލުން! އެންމެ ރަނގަޅު ގޮތްބާ!

ދިވަހި މަސްވެރިންގެ ބުރަ މަސައްކަތުން ބާނާ މަސްކޮޅު ނުކިރިގެން ކަނޑަށް އުކާލަން ޖެހުމަކީ ވަރަށް ވޭން ހުރި ކަމެކެވެ. ނަމަވެސް ޒަމާނުންސުރެ މަސްވެރިންނަށް ކުރިމަތިވެފައިވާ މިހާލަތު އަދިވެސް އޮތީ ހަމަ އެގޮތަށެވެ. ބަދަލެއް އައިކަމަށް ބެލެވޭކަށް ނެތެވެ. 

ކޮންމެ ސަރުކާރަކުންވެސް ތަފާތު ވާހަކަތައް ދައްކައެވެ. ވާހަކަތަކުން ފެލިވަރު އަޕްގްރޭޑްވެސް ކުރެއެވެ. ހުޅުދޫގައި މަސްވެރިންގެ މަދީނާއެއްވެސް އަޅައެވެ. ފްލޯޓިންގ ފެކްޓްރީތައްވެސް ގެނެއެވެ. މަދަކުންވެސް ނޫނެވެ. 4 ފެކްޓަރީއެވެ. ނަމަވެސް އެތަންތަން ލޮލަސް ނުފެންނާތީ އެތަންތަނަށް މަސްކިރަން ދެވޭނެގޮތެއް މަސްވެރިންނަކަށް ނުފެނެއެވެ. ފެކްޓްރީތަކުގެ ކެޕޭސިޓީ އިތުރުވެ މަސްގަންނަ އަދަދު އިތުރުވެ މަސްކޮޅު ކިރުވައިލެވޭނެ ގޮތެއްވެސް ނުވެއެވެ.  

ކަން މިހެން އޮތް ނަމަވެސް ސުވާލަކީ މަސްކޮޅު ނުކުރިމުން ކުރަން އޮތް އެންމެ ރަނގަޅު ކަމަކީ މަސްތައް ކަނޑަށް އުކައިލުންތޯއެވެ؟ ކޮންމެވެސް އަގަކަށް ރަށުގެ ރައްޔިތުންނަށް ވިއްކައިލުން ކީއްތޯއެވެ؟ ރައްޔިތުންގެ ކިބައިގައި ގަތުމުގެ ތަނަވަސްކަން ނެތް ނަމަ ބަހައިލުން ކީއްތޯއެވެ؟ ހަމަ ގައިމުވެސް އިސްރާފު ނުކުރިނަމަ އެކަމުގެ ސަވާބު ލިބޭނެއެވެ! 

މަސްވެރިން މަސް ނުކިރިގެން މަސްއުކާ ވީޑިއޯއެއް!:

 

https://m.facebook.com/story.php?story_fbid=1875203162625738&id=100004082177857&sfnsn=mo

 

މިއަދު އޮންލައިން