މާލޭގެ އިންޑަސްޓްރިއަލް ވިލޭޖުގައި އޮތް ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެއްޖެއެވެ.
މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފް އިން ބުނެފައިވަނީ އިންޑަސްޓްރިއަލް ވިލޭޖުގައި އޮތް ތެޔޮ ބައުޒަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 19:39 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާއިރު އަލިފާން ރޯވެފައިވަނީ އެ ވެހިކަލްގެ އިންޖީނުގައި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.