ހެންވޭރު އަބަދަށް ފެހި މަގުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވެ، އަރިއަޅާލި ހ.ކީވް އިމާރާތް މިއަދު ތަޅާލެކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ މިއަދު ހެނދުނު 9:00 ގައި އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެމްއެންޑީއެފުން މިގެއަކީ ހޮޅި އާއި ޓިނު ބޭނުންކޮށްގެން ހަތަރު ބުރިއަށް ހަދާފައިވާ އިމާރާތެކެވެ.
އަލިފާނުގެ މިހާދިސާގައި 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނު އިރު އެކަކު ވަނީ ނިޔާވެފަ އެވެ. އެ ހާދިސާ ހިނގީ ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު މުޅި ސަރަހައްދަށް ފެތުރިގެން އެވެ. ސިފައިން ބުނީ