ކެމިކަލް ރައްކާކުރުމަށް ތިލަފުށިން ގުދަން ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ކެމިކަލް ރައްކާކުރުމަށް ތިލަފުށިން ގުދަން ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި

މާލޭގައި ހުރި ކެމިކަލް ގުދަންތަކާއި ނުރައްކާތެރި މުދާތަށް ތިލަފުށްޓަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއެއްގޮތަށް ތިލަފުށިން ގުދަން ކުއްޔަށް ހިފުމުގެ ފުރުސަތުގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން ހުޅުވާލައިފިއެވެ.

މިދިޔަ ހުކުރު ދުވަހު މާލޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާ ގުޅިގެން ސަރުކާރުން ނިންމާފައި ވަނީ މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރާށެވެ.

މިކަމާގުޅިގެން ޖީއެމްއައިޒެޑުން ކުރި އިއުލާނެއް ގައި ބުނެފައިވަނީ ކެމިކަލް ރައްކާކުރާ ގުދަންތަކެއް ތިލަފުށީގައި ހެދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށާއި އެ ތަންތަން ކުއްޔަށް ދޫކުރަނީ އެކަމަށް އެދި ފޯމު ހުށަހެޅުމުން ކަމަށެވެ.

ޖީއެމްއައިޒެޑުންގެ މި އިއުލާނުނައި ބުނެފައިވަނީ ގުދަން / ވެއާ ހައުސް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށާ މިއަދުން ފެށިގެން އެ ވެއާ ހައުސްތައް ކުއްޔަށް ހިފަން އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިވާކަމަށެވެ.

އަދި ވެއާހައުސް ޔުނިޓްތައް ކުއްޔަށް ދޫކުރުމުގައި މިވަގުތު ކެމިކަލް ގުދަންކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި މުދާ ގުދަން ކޮށްފައިވާ ފަރާތަކަށް އިސްކަން ދޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މިއަދު އޮންލައިން