ރ. ދުވާފަރު، ގއ. ވިލިނގިލި އަދި އައްޑޫ ސިޓީ ހުޅުދޫގައި ތަރައްގީ ކުރާ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ތިން ޕްރޮޖެކްޓްގައި ޔޫތް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަޙްމަދު މަޙްލޫފް ސޮއިކޮށްފައިވާއިރު އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ.
މި ތިން ޕްރޮޖެކްޓަށް ގާތްގަނޑަކަށް ޖުމްލަ 7.5 މިލިއަން ރުފިޔާ ޚަރަދުވާއިރު މަސައްކަތް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެ އެވެ.
MTCC contracted for sub-base construction of football pitches for three islands.
— MTCC Plc (@MTCCPlc) September 23, 2019
Press Release:https://t.co/Jj920fIlqt pic.twitter.com/or3rm3DcHE