އަލިފާން ރޯވި ސަރަހައްދުގެ ވައިގެތެރޭގައި ވިހަ މާއްދާ އެބަހުރި: އީޕީއޭ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އަލިފާން ރޯވި ސަރަހައްދުގެ ވައިގެތެރޭގައި ވިހަ މާއްދާ އެބަހުރި: އީޕީއޭ

ހ. ތިލަފުށިގޭގައި ހުރި ގުދަނެއްގައި ރޯވުމުގެ ސަބަބުން އަލިފާނުގެ ބޮޑު ހާދިސާ ހިނގި ސަރަހަައްދުގެ ވައިގެތެރޭގައި ވިހަ މާއްދާތައް އެބަހުރިކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހާމަކޮށްފިއެވެ.

އީޕީއޭ އިން ބުނެފައިވަނީ މިސަރަހައްދުގެ ވައިގެ ތެރޭގައި ކެމިކަލްގެ އަސަރު ހުރި މިންވަރު ބެލުމަށް ކުރި ދިރާސާގައި ކާބަން މޮނޮކްސައިޑް، ނައިޓްރޮޖަންޑައި އޮކްސައިޑުގެ އިތުރުން ސަލްފަޑައި އޮކްސައިޑު ހުރި ކަމަށެވެ. އެހެންނަމަވެސް މީހުންނަށް ގެއްލުވުމުގެ ފުުރުސަތު ކުޑަކަމަށް ވެސް އީޕީއޭއިން ވަނީ ބުނެއެވެ.

މިކަމާގުޅިގެން އީޕީއޭ އިން އިލްތިމާސްކޮށްފައިވަނީ ބޭނުމެއްނެތި އެ ސަރަހައްދަށް އެއްވެސް މީހަކު ނުދިއުމަށެވެ.

ފުލުހުން ވަނީ އަބަދަށްފެހި މަގުން ސަމަން ގޯޅި ކަންމައްޗާ ހިސާބުން ފެށިގެން ގޮސް ކަޅުހުރާ މަގާ ހިސާބަށް ވަނުން މަނާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ކަޅުހުރާ މަގު ވެސް ކަނޑައަޅާފައި ވަނީ ނުވަދެވޭ މަގެއްގެ ގޮތުގަ އެވެ.

 

މިއަދު އޮންލައިން