ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ތަޙްޤީޤް ފުލުހުންނާއި ސިފައިން ކުރިއަށް ގެންދަނިކޮށް ޞައްޙަ ނޫން މައުލޫމާތު، ކަނޑައެޅިގެން ދޮގު މައުލޫމާތު ފަތުރާކަމަށް ބުނެ ގިނަ ބައަކު ދަނީ ރުޅިގަދަވަމުންނެވެ.
މިގޮތުން ފުރަތަމަ ވެސް އަލިފާން ހިފީ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނުގައިކަން ހާމަވާ ވީޑިއޯތައްވެސް ބައެއް މީހުން ގެންދަނީ ޢާންމުކުރަމުންނެވެ.
ކެމިކަލް ބަހައްތާ ގުދަންތައް މާލެއިން ބޭރުކޮށް ތިލަފުށީގައި ގުދަންކުރަން ސަރުކާރުން މިހާރު ވަނީ ނިންނައިފައެވެ. އަދި ކުރިއަށް އޮތް 3 މަސް ތެރޭގައި މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލުކުރާނެ ކަމަށް ސަރުކާރުން މިހާރު ވަނީ ބުނެފައެވެ. ކެމިކަލް ފަދަ ގޮވުމުގެ ފުރުޞަތު ހުރި ތަކެތި މާލޭގައި ގުދަން ކުރާތީ ގިނަ ބައަކު އަންނަނީ ކަންބޮޑުވުން ފައުޅުކޮށް ޝަކުވާވެސް ހުށަހަޅަމުންނެވެ.
Hama gudhanuga roavy. Kon cycle ekey kiyaakah. @MDPSecretariat pic.twitter.com/N9ERKTTGFy
— spiker (@ahmedspiker) September 23, 2019