އެސްޓީއޯ މުވައްޒަފުން ހިނގާފައި މަސައްކަތަށް ނުކުންނަ ދުވަހެއް ފާހަގަކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އެސްޓީއޯ މުވައްޒަފުން ހިނގާފައި މަސައްކަތަށް ނުކުންނަ ދުވަހެއް ފާހަގަކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން "ވޯކް ޓު ވަރކްގެ" ނަމުގައި ހިނގާފައި މަސައްކަތަށް ނުކުންނަ ދުވަހެއް ފާހަގަކޮށްފިއެވެ. 

މިއަދު އެސްޓީއޯގެ މުވައްޒަފުން ހިނގާފައި މަސައްކަތަށް ނުކުމެފައިވާއިރު އެ ކުންފުނިން ބުނީ އެ ކަމަކީ ސިއްހީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް ބާރުއަޅާ ކަމެއް ކުރުމުގެ އިތުރުން ތިމާވެއްޓަށްޓަކައި ފަރުދީގޮތުން ކުރެވިދާނެކަމެއް ކުރުމަށް ހިންގުނު ހަރަކާތެއްކަމަށެވެ. 

އެސްޓީއޯއިންވަނީ ތިމާވެއްޓާ ރައްޓެހި އާދަތަށް އަށަގެންނެވުމުގެ ގޮތުން އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ޕީޕަލްސް ޗޮއިސް ސުޕަމާޓަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ބާޒާރުކުރަންދާ ފަރާތްތަކުގެ ބިލުން 2 އިންސައްތައިގެ ޑިސްކައުންޓެއް ދޭންވެސް ފަށާފައެވެ. 

މިއަދު އޮންލައިން