ކޮންމެ ތަށްޓަކުން އިނާމު ލިބޭ ގޮތަށް އެސްޓީއޯއިން ސުޕަރ ކަޕް ޕްރޮމޯޝަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ކޮންމެ ތަށްޓަކުން އިނާމު ލިބޭ ގޮތަށް އެސްޓީއޯއިން ސުޕަރ ކަޕް ޕްރޮމޯޝަން ފަށައިފި

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން(އެސްޓީއޯ)ގެ ސުޕަމާޓުން ސުޕަރ ކަޕް ކަޕް ނޫޑްލްގެ އަލަށް ތައާރަފްކުރެވުނު ފްލޭވަރސް ތަކާއެކު ކޮންމެ ނޫޑްލްސް ތަށްޓަކުން އިނާމު ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިވެހިންގެ މެދުގައި މަގުބޫލް ކަޕް ނޫޑްލްގެ މި ޕްރޮމޯޝަން މިއަދު ފައްޓަވައިދެއްވީ އެސްޓީއޯގެ ސީއީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު ރަޝާދުއެވެ.

ސްކްރެޗް އެންޑް ވިން ޕްރޮމޯޝަނެއްގެ ގޮތުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައްލަވައިގަންނަވާ ކޮންމެ ކަޕް ނޫޑްލް ތަށްޓެއްގައިވާ ކާޑްގައި އިނާމެއް ހިމެނިފައިވެއެވެ.

އިނާމުތަކުގެ ތެރޭގައި ވާވެއި މޮބައިލް ފޯނާއި ގޭތެރޭގެ ހިފާގެންގުޅޭ ސާމަނާއި، ބަދިގެ ސާމާނުގެ އިތުރުން ކަޕް ނޫޑްލް ކޭހާއި ކަޕްނޫޑްލް ތަށި ހިމެނެއެވެ.

ރާއްޖޭގެ ބާޒާރުގައި ހުރި އެންމެ އަގުހެޔޮ މި ކަޕްނޫޑްލްގެ ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ނިޔލަށެވެ.

 

މިއަދު އޮންލައިން