ނ. މިލަދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާ ޙަވާލުކޮށްފިއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޕްލޭނިންގ މިނިސްޓްރީން ބުނީ މި މަސައްކަތް އެމްޓީސީސީ ޢާއި ޙަވާލުކުރީ 42,183,081.60 ރުފިޔާއަށް ކަމަށެވެ.
މިލަދޫ އަކީ ބަނދަރެއް ނެތުމުގެ ދަތިކަން އެންމެ ބޮޑަށް އިޙްޞާޞްކުރަން ޖެހިފައިވާ އެއް ރަށެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ފަހުން ވިދާޅުވެފައިވަނީ މިހާރުވެސް 67 ރަށެއްގައި 77 މަޝްރޫޢުގެ މަސައްކަތް މިސަރުކާރުން ފަށައި ހިންގަމުން ގެންދާ ކަމަށެވެ.