"މަސައްކަތްކުރާ އޮފީހުގެ ކަންކަމުގައި ނަމަވެސް ހިލޭ ފިރިހެނުންގެ ފަހަތުގައި ސައިކަލް ދުއްވުމަކީ، ހިލާ ފިރިހެނެއްގެ ސައިކަލް ފަހަތުގައި އިނދެގެން ތަންތަނަށް ދިއުމަކީ ޙަރާމް ކަމެކެވެ." ޑރ. ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ހިލޭ ފިރިހެނުންގެ ސައިކް ފަހަތަށް އަރައިގެން (އޮފީސް ކަމަކު) ތަންތަނަށް ދިއުމަކީ ކޮން ކަހަލަ ކަމެއްތޯ؟" މީހަކު ކުރި ސުވާލުގެ ޖަވާބުގައެވެ.

ބައެއް އަންހެނުން ބުނަނީ އެމީހުން ހިލޭ ފިރިހެނުންގެ ސައިކަލުގެ ފަހަތަށް ނާރަނީ އެގޮތަށް އެކަން ކުރުމުން ޤަދަރު ކެނޑި އަގުވެއްޓޭތީ ކަމަށެވެ. ކަމުގެ އަޞްލަކީ އެއީ ޙަރާމް ކަމެއްކަން ޑރ. އިޔާޟްގެ ބަސްފުޅުން އެނގިގެންދެއެވެ.