އެމީހަކަށް ކުޅަދާނަކަން ލިބިގެންވާނަމަ ގިނަގިނައިން ޙައްޖާއި ޢުމުރާ ވާށެވެ! އެކަމުގެ ސަބަބުން އެއްވެސް މީހަކު ފަޤީރެއް ނުވާނެއެވެ. ތަނަވަސްކަން ވާނީ އިތުރެވެ! އިންޝާ ﷲ!
އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ ހައްޖުވުމަކީ ކުރަން ޖެހޭނެ ކަމެކެވެ. އެއީ އިސްލާމް ކަމުގެ ރުކުނެކެވެ. އެހެންކަމުން އެއީ ބޭނުން މީހަކުކޮށްފައި ބޭނުމެއް ނެތް ކަމަށް ބުނެ ދުކޮށްލެވެން އޮތް ކަމެއް ނޫނެވެ.
ކަން މިފަދައިން އޮތް ނަމަވެސް ބައެއް މީހުންނަށް ހީކުރެވެނީ ޙައްޖުވުމަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލެވިފައިވާ ކަމެއް ކަމަށެވެ. އެއީ އެއްވެސް ޙާލެއްގައި އިޚްތިޔާރީ ކަމެއް ނޫނެވެ. އެއީ ތަނަވަސްކަން ހުރިނަމަ ކުރަން ޖެހޭ ކަމެކެވެ.
ވީމާ ފަރުޟު ޙައްޖު އަދާކުރާށެވެ! އަދި ތަނަވަސްކަން ހުރި ނަމަ އިތުރަށްވެސް ޙައްޖުވާށެވެ! ވީހައި ގިނައިން ޢުމުރާވެސް ވާށެވެ! އެކަންކަން ކުރުމުން އެމީހަކަށް ﷲ ތަޢާލާގެ ރަހްމަތްފުލު ދާނީ އިތުރުވަމުންނެވެ ފާފަތައް ދާނީ ފޮހެވެމުންނެވެ. ތަނަވަސްކަންވެސް ދާނީ އިތުރުވަމުންނެވެ! އިން ޝާ ﷲ!
ހަމަ އެކަނި ޢުމުރާގެ 15 ދުވަހުގެ ދަތުރަށް ބަލައިލަމާ ހިނގާށެވެ. 15 ދުވަސްތެރޭގައި ފަރުޟު ނަމާދުގެ 75 ނަމާދުކުރެވޭނެ ކަމަށް ބަލާށެވެ. އެއިން ކޮންމެ ނަމާދަކީ 100000 (އެއް ލައްކަ) ނަމާދެވެ. ވިމާ 15 ދުވަސް ތެރޭ އެކުރެވެނީ 75 ލައްކަ ނަމާދެވެ. އަދި ސުންނަތް ނަމާދުތައް ކޮބައިހެއްޔެވެ؟ ދެ ފަހަރު ޢުމުރާވެވިއްޖެ ނަމަ ދޮޅު މިލިއަން ފަރުޟު ނަމާދުގެ ސަވާބު އެމީހަކަށް ހޯދިދާނެއެވެ.
މިއަށްވުރެ ވަކިން ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން