ކޭކް ޑޯނާޒް ގެ ފަރާތުން އަލިފާނުގައި ހާލުގައި ޖެހުނުފަރާތްތަކަށް ފަންސާސް ހާހަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ކޭކް ޑޯނާޒް ގެ ފަރާތުން އަލިފާނުގައި ހާލުގައި ޖެހުނުފަރާތްތަކަށް ފަންސާސް ހާހަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެތައް އަނދައި ހާލުގައި ޖެހުނު މީހުންނަށް ކޭކް ޑޯނާޒް ގެ ފަރާތުން 56،879 ރުފިޔާ ހަދިޔާކޮށްފިއެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީ ހޯދުމަށް "ކޭކް ޑޯނާޒް" ގެ ފަރާތުން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ކަޕްކޭކުގެ އިތުރުން އެކި ކަހަލަ ކާތަކެތި ވިއްކައި ހިންގި ފަންޑްރެއިޒިންގެ ތެރެއިން ވަނީ 56،879 ރުފިޔާ ހޯދާފައެވެ.

މިފައިސާ ވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކަނޑައަޅާފައިވާ އެކައުންޓަށް ޖަމާކޮށްފަ އެވެ.

ކޭކް ޑޯނާޒް އަކީ އެކިއެކި ފަރާތްތަކަށް އެހީވުމަށް ފަންޑްރެއިޒް ކުރާ، ކޭކްއަޅާ މީހުންނާއި ވޮލަންޓިއަރުން މަސައަކަތް ކުރާ ޖަމިއްޔާ އެކެވެ.

 

މިއަދު އޮންލައިން