ދިރިތިބި އެއްޗެހީގެ ފޮޓޯއާއި ބުދު ބަހައްޓާފަ ހުރި ކޮޓަރިއެއްގައި ނަމާދު ކުރެވިދާނެތަ؟

ކިޔުމަށް ހޭދަވާނީ 1މ 5ސ
ދިރިތިބި އެއްޗެހީގެ ފޮޓޯއާއި ބުދު ބަހައްޓާފަ ހުރި ކޮޓަރިއެއްގައި ނަމާދު ކުރެވިދާނެތަ؟

ޝެއިޚް އާސިމް އަލް ހަކީމް އާއި އުޚްތަކު ސުވާލު ކުރިއެވެ.

"ދިރިތިބި އެއްޗެހީގެ (އިންސާނުންނާއި އެނޫންވެސް ދިރޭތަކެތީގެ) ފޮޓޯއާއި، އެފަދަ ސިފަ ޖައްސައިގެން ހަދާފައި ހުންނަ ބުދުތަކެއް ބަހައްޓާފައި ހުންނަ ކޮޓަރިއެއްގައި ނަމާދު ކުރެވިދާނެ ހެއްޔެވެ؟ އިސްލާމްދީނުގައި މިކަމުގެ ހުކުމަކީ ކޮބާ ހެއްޔެވެ؟"

ޝެއިޚް އާސިމް ޖަވާބު ދެއްވިއެވެ.

"މިއީ މިޒަމާނުގައި ވަރަށް އާއްމުކޮށް ކުރިމަތިވަމުން އަންނަ ކަމެކެވެ. ކޮޓަރިފަދަ ތަންތަނުގައި ސިފައެއް ފެންނަން ހުންނަ ފޮޓޯއެއް ނުވަތަ އެފަދަ ބުދު ބެހެއްޓުމަކީ ހުއްދަކަމެއް ނޫނެވެ. އެފަދަ ތަކެތި ބަހައްޓައިގެން ކުރާ ނަމާދު ސައްޙަ ނަމަވެސް އެނަމާދު ސައްޙަވާ ހާލަތްތަކެއްވެއެވެ. އަހަރެމެންގެ ރަސޫލާ (ޞޢޥ) ހަދީޘްފުޅު ކުރައްވާފައިވަނީ، ބުދުތަކާއި އެނޫންވެސް ދިރޭ އެއްޗެއްގެ ސިފަ ޖެހިގެންވާ ތަކެއްޗާއި ކުއްތާ ގެންގުޅޭ ތަންތަނަށް މަލާއިކަތް ބޭކަލުން ވެދެވަޑައި ނުގަންނަވާނެ ކަމަށެވެ. ނަމަވެސް މިސާލަކަށް ހޮސްޓެލްއެއްފަދަ ތަނެއްގައި ދިރިއުޅެންޖެހި، އެތަނުގައި ތިމާއާއެކު ޣައިރު މުސްލިމެއް އުޅެ، އެމީހާ އެކޮޓަރީގައި ބުދު ބަހައްޓާފައި ހުރި ނަމަ (އަދި ނަމާދު ކުރަން އެހެން ތަނަކަށް ދެވެން ނެތްނަމަ) އެފަދަ ހާލަތުގައި އެކޮޓަރީގައި ކުރާ ނަމާދު ސައްޙަ ވާނެއެވެ."

 

މިއަދު އޮންލައިން