އަންހެން މީހާ ކަނޑައިނުލާނަމަ ވަރިކުރުމަށްފަހު ޚަރަދު ނުދިނުމުން އޮންނާނީ ދަރަންޏަކަށް! އަދާނުކޮށް ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އަންހެން މީހާ ކަނޑައިނުލާނަމަ ވަރިކުރުމަށްފަހު ޚަރަދު ނުދިނުމުން އޮންނާނީ ދަރަންޏަކަށް! އަދާނުކޮށް ސަލާމަތެއް ނުވެވޭނެ!

"ވަރިކުރުމުން ޢިއްދައިގަ އިންނަ މުއްދަތުގައި ދޭންޖެހޭ ޚަރަދަކީ އަންހެން މީހާއަށް ލިބެންވާ ޙައްޤެކެވެ. އަންހެން މީހާ އަމިއްލައަށް އެކަން ދޫކޮށްލައިފިނަމަ އިތުރަށް އެކަމުގައި ކުރާނެ ކަމެއް ނެތެވެ. ޚަރަދު ދޭކަށް ނުޖެހޭނެއެވެ." —ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "އަނބިމީހާ ވަރިވީ އެއްވެސް ޚަރަދެއް ނުދޭ ގޮތަށެވެ. ކޯތުން އެއްވެސް ޚަރަދެއް ބޭނުންތޯ އެހުމުން ވެސް ބުނީ ބޭނުން ނޫން ކަމަށެވެ. އެކަމަކުވެސް ޚަރަދުކުރަން ޖެހޭނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.  

ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި "ވަރިކުރުމުން ޢިއްދައިގަ އިންނަ މުއްދަތުގައި ދޭންޖެހޭ ޚަރަދަކީ އަންހެން މީހާއަށް ލިބެންވާ ޙައްޤެއް" ކަމަށްވާއިރު އެ ޙައްޤު އޭނާ ކަނޑައި ނުލާނަމަ، މާފު ނުކުރާނަމަ ޚަރަދު ނުދިނުމުން އެކަން އޮންނާނީ ދަރަންޏެއްގެ ގޮތުގައެވެ. ޤިޔާމަތް ދުވަހުން އަދާކުރަން ޖެހޭނެއެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ.  

ލިބެން ޖެހޭ ޚަރަދު ނުދިނުމުން ޚަރަދު ހޯދަން ކޯޓަށް ދަނީ މަދު އަންހެނެކެވެ. ކޯޓަށް ޚަރަދު ހޯދަން ނުގޮސް ހުރުމަކީ ޙައްޤު ކެނޑިގެންދާނެ ސަބަބެއް ނޫނެވެ.

 

 

މިއަދު އޮންލައިން