އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލައިފިއެވެ.
މިކަމާގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑަރިންގެ މައްސަލައާ ގުޅިގެން ފުލުހުންނާއި، އޭސީސީއާއި، އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގަށް ފަހު، އަދީބުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން މި މަހުގެ 21 ވަނަ ދުވަހު ޕީޖީ އޮފީހަށް ލިޔުންތައް ފޮނުވާފައިވާ ކަމަށާއި މިމައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލަން ނިންމާފައިވާ ކަމަށެވެ/
މިމައްސަލަތައް މިހާރުވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.
އަދީބު މިހާރު ހުންނެވީ މާބިންހުރާ މައްސަލައިގެ ޝަރީއަތް ނިމެންދެން ގޭބަންދުގައެވެ.