ޓީ ޖެޓީ ސަރަޙައްދުގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވެ އަނދަނީ!

ކިޔުމަށް ހޭދަވާނީ 38ސ
ޓީ ޖެޓީ ސަރަޙައްދުގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވެ އަނދަނީ!

މާލޭ ޓީ ޖެޓީ ސަރަަޙައްދުގައި އޮތް ތެޔޮ ބޯޒަރެއްގައި ރޯވެ އަނދަމުން އެބަދެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 15:30 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

ބޯޒަރުގެ އިތުރުން އެސަރަޙައްދުގައި އޮތް ލޯންޗެއްގައި ވެސް ވަނީ ހުޅުހިފާފައެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސަސް އިން ދަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ރޯވި އަލިފާންގަނޑު ނިއްވާލުމަށް ފޯމް ބޭނުން ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާފައިވެއެވެ.

 

16:08: ފުލުހުން ވިދާޅުވީ ފިހިގެން ފަސް މީހަކު އައިޖީއެމްއެޗަށް ގެންދެވިފައިވާ ކަމަށް

 

16:15: ރޯވި ލޯންޗުގެ އަލިފާން ކޮންޓްރޯލް ކުރެވިއްޖެ: އެމްއެންޑީއެފް

 

 

ތަފްސީލު އަންނަނީ

 

މިއަދު އޮންލައިން