"ޢުމަރުގެފާނު ވިދާޅުވިއެވެ. ދުލުން ބުނުމަކާއި ނުލައި މީސްތަކުންނަށް އިސްލާމް ދީނަށް ދައުވަތުދޭށެވެ! އެކަން ކުރާނީ ކިހިނަކުންތޯ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. ތިއަބައިމީހުންގެ އަޚްލާޤުންނެވެ."
މީސްތަކުންނޭވެ! ޢުމަރުގެފާނުގެ މި ބަސްފުޅާއިމެދު ކުޑަކޮށް ނަމަވެސް ވިސްނައިލަމު ހެއްޔެވެ؟ މިއީ ވަރަށް ޙިކުމަތްތެރި ބަސްފުޅެކެވެ. ވަރަށް މާނަފުން ބަސްފުޅެކެވެ.
މިބަސްފުޅުގެ މާނައަކީ ހަމައެކަނި އެހެން ދީންތަކުގެ މީހުންނަށް ރިވެތި އަޚްލާޤް ދެއްކުމެއް ވެސް ނޫނެވެ. މުސްލިމުން މުސްލިމުންނަށްވެސް ދައްކަން ޖެހޭނީ ރިވެތި އަޚްލާޤެވެ. ދެމަފިރިން އެކަކު އަނެކަކަށްވެސް ދައްކަން ޖެހޭނީ ރިވެތި އަޚްލާޤެވެ. މައިންބަފައިން ދަރިންނަށްވެސް ދައްކަން ޖެހޭނީ ރިވެތި އަޚްލާޤެވެ. އަދި އެކުވެރިން އެކުވެރިންނަށްވެސް ދައްކަން ޖެހޭނީ ރިވެތި އަޚްލާޤެވެ.
ރިވެތި އަޚްލާޤަކީ ތިމާ އެދޭ ގޮތަށް އަނެކާ ބަދަލުކޮށްލުމުގެ ތަޅުދަނޑިއެވެ. އެންމެ ބޮޑުބާރެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން