އަލިފާނުގެ ހާދިސާގައި ރޯވެ އަޑިއަށް ދިޔަ ލޯންޗް ނަގައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
އަލިފާނުގެ ހާދިސާގައި ރޯވެ އަޑިއަށް ދިޔަ ލޯންޗް ނަގައިފި!

އިއްޔެ މެންދުރު ފަހު 3:40 ގައި މާލޭގެ ހުޅަނގު ދެކުނު ޓީޖެޓީއާ ކައިރިން ސިނާއީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވެ އަޑިއަށް ދިޔަ "ނެވި 3" ލޯންޗު މިއަދު ނަގައިފިއެވެ.

އަލިފާނުގައި މި ލޯންޗް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައިފައެވެ.

ލޯންޗެއްގައި އަލިފާން ރޯވެ، ހިނގި ނުރައްކާތެރި، ބޮޑު އަލިފާނުގެ ހާދިސާގައި 7 މީހަކު ވަނީ ފިހިފައެވެ. އަދި އެ ސަރަހައްދުގައި އޮތް 10 ތެޔޮ ބައުޒަރަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި އަލިފާނުގައި ލިބުނު ގެއްލުން 20 މިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް ލަފާކުރެވެއެވެ.

މި ހާދިސާއާއި ގުޅިގެން ތެޔޮ ސަޕްލައި ކުރުމުގެ އޮޕަރޭޝަަނަށް ވަނީ ބޮޑު ބުރުލެއް އަރައިފައެވެ.

 

 

މިއަދު އޮންލައިން