ޚުޠުބާ ވިދާޅުވަން ހުންނަވަނިކޮށް އިމާމް އަވަހާރަވި ގޮތުގެ ވީޑިއޯ: އިމާމްގެ ޙަޔާތުގަ އެންމެންނަށް މުހިންމު ފިލާވަޅުތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޚުޠުބާ ވިދާޅުވަން ހުންނަވަނިކޮށް އިމާމް އަވަހާރަވި ގޮތުގެ ވީޑިއޯ: އިމާމްގެ ޙަޔާތުގަ އެންމެންނަށް މުހިންމު ފިލާވަޅުތަކެއް!

މިއަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހަކީ އިސްލާމީ އުންމަތަށް ވަރަށް ބޮޑު ސިހުމެއް ލިބިގެންދިއަ ދުވަހެކެވެ. މެލޭސިޔާގެ މިސްކިތެއްގައި ހުކުރު ޚުޠުބާ ވިދާޅުވަން ހުންނަވަނިކޮށް އުސްތާޛް ކޫ ޔަޢްޤޫބްގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވުނު ދުވަހެވެ.  

އުސްތާޛަކީ ރިޓަޔަރ ކުރެއްވުމާއި ހަމައަށް މެލޭސިޔާގެ އިސްލާމިކް ހައި ސްކޫލެއްގައި ޢަރަބި ބަހާއި ދީނީ ޢިލްމު އުނގަންނަވައި ދެއްވެވި އުސްތާޛެކެވެ. ހުސްވަގުތުތަކުގަ އާއި ހަފްތާ ބަންދުގައި ދަރިވަރުން ސްކޫލަށް ގެންދަވައިގެން ދީނީ ޢިލްމު އުނގަނަވައި ދެއްވަން ހިލޭ ސާބަހަށް ޚިދުމަތް ކުރެއްވި އުސްތާޛެކެވެ. އުސްތާޛްގެ މުޅި ޙަޔާތްޕުޅުގައިވެސް އެއްވެސް ކަމަކާއިމެދު އެއްވެސް މީހަކަށް ކޯފާ އިސްކުރެއްވިކަން އެނގޭކަށް ނެތެވެ. 

ދަރިވަރުންނަށް އެންމެ ގިނައިން ނަޞޭޙަތް ދެއްވަވާފައިވަނީ އިސްލާމް ދީނުގައި ސާބިތުވުމަށާއި ރުޅިވެރިކަމާއި ހަސަދަވެރިކަމުން ދުރުހެލިވުމަށެވެ. ހިނިތުންވުމަށާއި ހިތްހެޔޮކުރުމަށެވެ.  

އުސްތާޛަކީ މަޝްހޫރުވެވަޑައިގަންނަވަން އެއްވެސް ކަމެއް ކުރެއްވި ބޭކަލެއް ނޫނެވެ. އަބަދުވެސް ވަރަށް އާދައިގެ ގޮތަކަށް ދިރިއުޅުއްވި ބޭކަލެކެވެ. ﷲ ތަޢާލާ އުސްތާޛްގެ ހެޔޮ އަދި އިޚްލާޞްތެރި އަމަލުތައް ޤަބޫލުފުޅު ކުރެއްވެވުމަކީ އެންމެންގެ ވެސް ދުޢާއެވެ.  

އަވަހާރަވީ އެންމެ މަތިވެރި މަޤާމުގައެވެ. އިސްލާމް ދީނަށް ގޮވާލައްވައި މީސްތަކުންނަށް ދީނަށް ގޮވާލައްވަން ހުންނަވަނިކޮށެވެ. މިސްކިތުގައި ހުކުރު ޚުޠުބާ ވިދާޅުވަމުން ގެންދަވަނިކޮށެވެ. ކޮންފަދަ މަތިވެރި ޝަރަފެއް ހެއްޔެވެ؟  

މީސްތަކުންނޭވެ! އުސްތާޛްގެ އަމަލުފުޅުތައް ކޮޕީކުރަން އެބަޖެހެއެވެ. އަހަރެމެން އެންމެންނަކީ ވެސް ހުސްވަގުތާއި ޗުއްޓީ ދުވަހަށް ބެލުމެއް ނެތި އިސްލާމް ދީނަށް ޚިދުމަތްކުރާ ބައަކަށްވާން އެބަޖެހެއެވެ. އެކަންކަމުގައި ސާބިތުވެއްޖެ ނަމަ އާޚިރަތުގައި އުފަލުގެ ކޮޅެއްވެސް ނެތެވެ. އިން ޝާ ﷲ!

ގުޅުންހުރި ވީޑިއޯ:

 

މިއަދު އޮންލައިން