ތިލަފުށިގޭގެ ކެމިކަލް ގުދަނުގައި މި މަހުގެ 20 ގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ފެނަކަ މުވައްޒިފުންގެ ފަރާތުން އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފިއެވެ.
މިފައިސާ ހަވާލުކުރުމަށް މިރޭ ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ މުވައްޒިފުންގެ ފަރާތުން އެއް މިލިއަން ރުފިޔާގެ ރަމްޒީ ފައިސާގެ ބޯޑު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ހަވާލުކޮށްދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްދެވެ.
މިރަސްމިއްޔާތުގައި ނޭޝަނަލް ޑިޒާސްޓާ އޮތޯރިޓީ (އެންޑީއޭ) ގެ އިސްބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި އަލިފާނުގެ ހާދިސާގައި 14 ގެއަކާއި ހަ ގުދަނެއް އެނދި ކަމަށް ނެޝެނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ. މިހާދިސާއާ ގުޅިގެން ހާލުގައި ޖެހިގެން 400 އަށް ވުރެ ގިނަ މީހުން ޑިޒާސްޓަ އޮތޯރިޓީގައި ރަޖިސްޓްރީވި އެވެ.