އިސްރާ އާއި މިޢްރާޖް ދަތުރުފުޅަކީ ޙަޤީޤަތެއްކަން އެނގޭނެ ހެކިތައް މިހާރުވެސް ވަނީ ފެނިފަ: ޝައިޚް މަންޞޫރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
އިސްރާ އާއި މިޢްރާޖް ދަތުރުފުޅަކީ ޙަޤީޤަތެއްކަން އެނގޭނެ ހެކިތައް މިހާރުވެސް ވަނީ ފެނިފަ: ޝައިޚް މަންޞޫރު

ރަސޫލް (ޞޢވ) ގެ އިސްރާ އާއި މިޢްރާޖް ދަތުރުފުޅަކީ ޙަޤީޤަތެއްކަން އެނގޭނެ ހެކިތައް މިހާރުވެސް ވަނީ ފެނިފައެވެ. ކުރިން އުޅުނު މީހުންނަށް، މިއަދު މީސްތަކުން ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ނުހަނު އަރާމުގައި ތިބެ ނުހަނު މަދު ވަގުތޮޅެއްގެ ތެރޭގައި މިކުރާ ދަތުރުތަކުގެ ވާހަކަ ކިޔައިދެވުނު ނަމަ އެކަން އެމީހުންނަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. ޤަބޫލުކުރާނީ ޖިންނިއެއް ނުވަތަ އެނޫންވެސް އެފަދަ ބާރެއްގެ ބޭނުން ނުކޮށް މިހާރު ފްލައިޓުގައި މިކުރާ ދަތުރުތައް ނުކުރެވޭނެ ކަމަށެވެ. 

ކަން މިހެން އޮތް ނަމަވެސް ޓެކްނޮލޮޖީގެ ގޮތުން އަދިވެސް މިދަނީ ކުރިއަރަމުންނެވެ. މިހާރަށްވުރެ މާ ފަސޭހަކަމާއިއެކު މާ ބާރު ސްޕީޑުގައި ދަތުރުކުރެވޭނެ ގޮތް މާދަމާ ފެންނާނެއެވެ. ވީއިރު ބުރާޤްގައި ރަސޫލް (ޞޢވ) ކުރެއްވެވި ދަތުރުފުޅު ފަހިކޮށްދެއްވެވުން މާތް ﷲ ގެ ހަޟްރަތަށް ވާނީ ކޮން ފަދަ ކުޑަކުޑަ ކަމަކަށްތޯއެވެ؟ 

މުސްލިމުން އީމާންވެގެން މިތިބީ މާބޮޑުކަމަކަށެވެ. އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅުގެ ވާހަކަ އަބޫބަކުރުގެފާނަށް ދެންނެވުމުން ވިދާޅުވި ބަސްފުޅު ހަނދުމަކުރާށެވެ! "ތިއަހެން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވައިފި ނަމަ ތިއައީ ތެދެކެވެ. އަހަރެމެން އީމާންވެގެން މިތިބީ ތިއައަށްވުރެ މާބޮޑު ކަމަކަށެވެ. 7 އުޑުމަތިން ޖިބްރީލްގެފާނު ގެނެސް ދެއްވަވާ ވަޙީ އަށެވެ.!" 

ކީރިތި ޤުރްއާނާއި ސުންނަތުން ސާބިތުވާ އެއްވެސް ކަމަކަށް އިންކާރެއް ނުކުރެވޭނެއެވެ. އަހަރެމެން އީމާންވެގެން މިތިބީ ﷲ ތައާލާގެ ވަޙީއަށެވެ. ކީރިތި ޤުރްއާނުގެ އާޔަތްތަކަށް އަޅުގަނޑުމެން އީމާންވަނީ އެކަމުގެ ސައިންޓިފިކް ހެކިތައް ލިބިގެނެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ވަޙީ ކަމަށްވުމުންނެވެ. 

"އެކަލާނގެ ހުސްޠޯހިރު ވަންތަކަމާއެވެ! އެކަލާނގެއީ، މަސްޖިދުލްޙަރަމުން މަސްޖިދުލްއަޤްޞާ އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްއިސްރާ: 1)

 

- މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް މުޙައްމަދު މަންޞޫރު ދެއްވި ދަރުސުން  

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން