އެމްޓީސީސީގެ ސްޕީޑް ފެރީގެ ހިދުމަތް ހއ. ކެލާ އިން ހދ. ކުޅުދުއްފުށްޓަށް މިއަދު ފަށައިފިއެވެ.
މި ހިދުމަތް އިފްތިތާހް ކޮށްފައިވަނީ މިއަދު ކެލާގައި ބޭއްވި ރަސްމިއްޔާތެއްގައިއެވެ.
އެމްޓީސީސީގެ ލޯންޗް ފެރީގެ ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރާއި އާދިއްތަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.
ކެލާ، ވަށަފަރު، ފިއްލަދޫ، ބާރަށް އަދި ހަނިމާދޫއާށް ފެރީގެ ދަތުރުތައް އޮންނައިރު ކެލާއިން ކުޅުދުއްފުއްޓަށް ކުރާ ދަތުރު ތަކުގެ އަގުތައް އުޅެނީ 75 ރުފިޔާއިން 250 ރުފިޔާއާ ދެމެދުގައިއެވެ.
ކެލާއިން ކުޅުދުއްފުއްޓަށް ހެނދުނު 6:30 ގައި ދަތުރުކުރާ ފަށާއިރު، ކުޅުދުއްފުށިން ކެލާއަށް ދަތުރުތައް އޮންނާނީ މެންދުުރުފަހު 2:30ގައި އެވެ.
Inaugural ceremony held for "MTCC’s expansion of its speed ferry service to Ha. Kelaa and H. Dh. Kulhudhuffushi route”.#MTCCSpeedFerry #MTCC pic.twitter.com/tAeTfRoXpn
— MTCC Plc (@MTCCPlc) October 5, 2019