ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅޭ މީހުންނަށް ސުވަރުގެ ވަދެވުމުގެ ކުރިންވެސް ރަސޫލް (ޞޢވ) ފެނުމުގެ ފުރުޞަތު އެބަ ލިބެއެވެ. އެއީ ހުވަފެނުގައެވެ.
ޝައިޠާނާއަށް ރަސޫލް (ޞޢވ) ގެ ސިފަފުޅަކު ނުހުރެވޭނެއެވެ. އެހެންކަމުން ރަސޫލް (ޞޢވ) ކަމަށް ހެދިގެން ހުވަފެނުގައި ޝައިޠާނާއަކަށް ނުފެނެވޭނެއެވެ. އެކަން ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައި އަންގަވައި ދެއްވަވައިފައެވެ.
ހުވަފެނުގައި ރަސޫލް (ޞޢވ) ފެނުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ނަޞީބެވެ. އެހެންކަމުން މި ލިޔުމުގައިވާ ވީޑިއޯގައި ޝައިޚް އެވަނީ ހުވަފެނުގައި ރަސޫލް (ޞޢވ) ފެނިއްޖެ ނަމަ ދެނެގަންނަން ފަސޭހަކޮށްދިނުމަށްޓަކައި ރަސޫލް (ޞޢވ) ގެ ވަރަށް ގިނަ ސިފަފުޅުތައް ބަޔާންކޮށްދެއްވައިފައެވެ.
ވީޑިއޯ އަޑުއައްސަވައިލައްވާ!