ކިތަންމެ ގިނައިން އަޅުކަން ކުރި ނަމަވެސް މައިންބަފައިންނަށް ހެޔޮކޮށް ނުހިތާ މީހަކަށް ސުވަރުގެ ވަނުން ފަސޭހައެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކިތަންމެ ގިނައިން އަޅުކަން ކުރި ނަމަވެސް މައިންބަފައިންނަށް ހެޔޮކޮށް ނުހިތާ މީހަކަށް ސުވަރުގެ ވަނުން ފަސޭހައެއް ނުވާނެ!

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އެމީހާއަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރުކޮށްދެއްވަވާ ކަމެކެވެ. ރަޙިމުގެ ގުޅުން ބަދަހިކުރާ ވަރަކަށް އެމީހާއި ﷲ ތަޢާލާ ގުޅުއްވުން ބަދަހިކުރައްވަވާނެތެވެ. ރަޙިމުގެ ގުޅުމުގެ ތެރެއިންވެސް އެންމެ މުހިންމީ މައިންބަފައިންނާއި ބާއްވާ ގުޅުމެވެ. 

މިވާހަކަ މިބުނަނީ އެއްވެސް ޙާލެއްގައި ﷲ ތަޢާލާ ސުވަރުގެ ވައްދަވާނެ މީހުން ބުނަން އެނގޭކަމަށް ބުނާކަށް ނޫނެވެ. ނަމަވެސް އަހަރެންނަށް އެނގިފައި ހުރި ކަންކަމަށް ބަލައި ބުނަމެވެ. ކިތަންމެ ގިނައިން އަޅުކަން ކުރި ނަމަވެސް މައިންބަފައިންނަށް އިހާނެތިކޮށް ހިތައިފި މީހަކަށް ސުވަރުގެ ވަނުމަކީ ޙާޞިލުކުރަން ފަސޭހަވާނެ ކަމެއް ނޫނެވެ. އެހެނީ ﷲ ތައާލާގެ މަގުގައި ޖިހާދުކުރަން ދާން އުޅުނު ޒުވާނަކު ހުއްޓުވައި "ތިބާގެ އުމުރުން ދުވަސްވީ މަންމައަށް ޚިދުމަތް ކުރަން" ޙަދީޘްފުޅު ކުރެއްވެވިއެވެ. އަދި ޖިހާދުކުރުމުން ސުވަރުގެ ލިބޭފަދައިން މައިމީހާގެ ފައިތިލަދަށުން ސުވަރުގެ ޙާޞިލުކުރުމަށް ވެސް ޙަދީޘްފުޅު ކުރެއްވެވިއެވެ. 

އެޒުވާނާއަކީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާ ދާން އުޅުނީ މަޖުބޫރު ޖިހާދަކަށް ނޫނެވެ. މަޖުބޫރު ޖިހާދުގެ ޙާލަތު ތަފާތުވާނެއެވެ. 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން 

މިކަމުން އެނގިގެންދަނީ މައިމީހާއަށް ޚިދުމަތްކުރުމަކީ ޖިހާދުކުރުމަށްވުރެވެސް މުހިންމު ކަމެއް ކަމެވެ. އަހަރެމެން ބަލަންވީ މަންމަގެ ކިތައް ދަރިން ތިބިތޯއެއް ނޫނެވެ. ބަލަންވީ މައިމިހާއަށް ވީހައި ގިނަ ޚިދުމަތެއް ކޮށްދެވޭތޯ އެވެ. އެކަމުން ލިބެން އޮތް މަތިވެރި ސަވާބާއި ދަރުމަ ލިބިގަތުމަށެވެ.

މިއަދު އޮންލައިން