ތިރީގައި މިވާ ލިޔުމަކީ ނޮވެމްބަރު 3 ގެ ފަހުން ދިވެހި ރައްޔިތުންނަށް ކުރިމަތިކުރުވި އެންމެ ބޮޑު ނުރައްކަލަކީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެންގެ މެންބަރުން ދިވެހިދައުލަތުގެ މައްޗަށް ވެރިވެގަތުންކަން ފާހަގަކޮށް މިއަދުނޫހުގެ އަހުލުވެރިއަކު ފޮނުއްވާފައިވާ ލިޔުމެކެވެ.
އޭނާ ވިދާޅުވަނީ:
ނޮވެމްބަރ 3 ގެ ދުޝްމަނުން ތިބީ ރައްޔިތުންގެ ކުރިމަތީ ފެންނަން. އެދުވަހު ދިފާޢުވާންވީ ކަންކަމާ ކުރިމަތިލާންވީ މީހުން ސާފުކޮށް ދިވެހިންނަށް ފެނި އެނގެން އޮތް. އެދުވަހުގެ އަނިޔާވެރިކަމުން ލިބުނު އަނިޔާ ލިބި އެދުވަހު ވަނީ ނިމިފަ. ނަމަވެސް އެމްޑީއެންގެ އަނިޔާ މިއަންނަނީ ޖީލުތަކަށް ދެމިގެން. އެކަން ހުއްޓުވަން ކުރަން ޖެހޭ މަސައްކަތްތައް ނޮވެމްބަރު 3 ގައި ކުރި ޖިހާދަށްވުރެ މާބުރަ! މާނުރައްކާ!
މިއަދު ދިވެހި ޤައުމަށް ދިމާވެފައޮތް ފިކުރީހަނގުރާމައިގެ މުސީބާތުގަ ދުޝްމަނުންނަކީ ވެސް ސީދާ އަޅުގަނޑުމެން ދިވެހިން. އިސްލާމްދީން ބަދަލުކުރަންޖެހޭ ކަމަށްބުނެ ދިވެހިންގެ ބައަކު ވަނީ އިސްލާމްދީން ޤަބޫލް ނުކުރާ އެތައް ހާސްބަޔަކު ރެކްރޫޓްކޮށް މުޖްތަމާއަށް ނެރެފަ. ރާއްޖެއިން ބޭރަށް ތަޢުލީމް ޙާޟިލްކުރަން ފޮނުވި މުސްލިމް ކުދިން ތެރޭން "ބްރެއިން ވޮޝްޑް" ގުރޫޕްތަކެއް އެކުލަވާލާ ދައުލަތުގެ އެންމެ މަތީމަޤާމްތަކަށް ލައްވާ ބާރުވެރި ކުރުވާފަ. އަދި ރޭވިފަވާ ޕްލޭންތަކެއްގެ ދަށުން ސިޔާސީ ޕާޓީތަކަށް ވެރިވެ އިސްލާމްދީނުގެ އަސާސް ކަމުގަވާ ޤުރުޢާން އާއި ޙަދީސް ބަދަލު ކުރަންޖެހޭކަމަށް ބުނެ އެމީހުން ބޭނުންވާގޮތް ބަޔާންކޮށް ރިޕޯޓް ނެރެ 2015 ގަ ޔާމީން ސަރުކާރާ ހަވާލުކޮށްފަ.
މިހިސާބުން މިމީހުން ދިވެހި މުސްލިމުންނާ ދެކޮޅަށް ކުރަމުންދިއަ "ހަނގުރާމަ" އިތުރަށް ވަރުގަދަކޮށް 2018ގެ އިންތިޚާބްގަ އެމް.ޑީ.ޕީ ތެރޭން ދައުލަތުގެ އިސް މަޤާމުތަކަށް ދެމިގަނެފަވާކަމީ ބިރުވެރިކަމާ އެކު ފާހަގަ ކުރަންޖެހޭކަމެއް.
މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯރކް އިން ޓާގެޓްކޮށް ކާމިޔާބު ކުރި ދައުލަތުގެ މުއައްސަސާތައް.
1. ސުޕްރީމް ކޯޓް. (އެމް.ޑީ.އެން ގެ ފައުންޑަރ މެމްބަރެއް ހިމެނޭ)
2. ރައީސް އޮފީސް. (ރާއްޖޭގެ މުސްލިމުން ޓެރަރިސްޓުންނަށް ހަދަން ލަފާދޭ ފަރާތް. އެމް.ޑީ.އެން)
3 ޖުޑިޝަލް ސާވިސަސް ކޮމިޝަން. (އެމް.ޑީ.އެން ގެ މެންބަރަކު ހުރިތޯ އިންވެސްޓިގޭޓް ކުރަންޖެހޭ)
4 މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ސްކޫލްތައް. (އެމް.ޑީ.އެން ގެ މެމްބަރުން ވެރިވެފަ)
5 ރައްޔިތުންގެ މަޖްލިސް. (މަޖްލިސް ގަ އަދި ކޮމިޓީތަކުގަ އެމް. ޑީ. އެން އަށް ނިސްބަތްވާ މެންބަރުން އެބަތިބި)
ޤައުމަށް ދިމާވި މި ނުރައްކާތެރި ދަނޑިވަޅުގަ އެންމެ އަޑު ހަރުކޮށް އެމް.ޑީ.އެން ގެ ނުރައްކަލާ ބެހޭގޮތުން އެތައްހާސް ދިވެހި ރައްޔިތުންނާ އެކު އެމް.ޑީ.ޕީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރާ އެތައް ސަތޭކަ އެމް.ޑީ.ޕީގެ އެކްޓިވިސްޓުން ވާކަމީ ދިވެހިރާއްޖޭގަ އެމް.ޑީ.އެން އިން ވަކިހިއްޕާލާ ހިންގަންފެށި ޕްލޭން ފެއިލްވާންފެށިކަމުގެ ހެކި.
#BanMDN Rayyithunge machchah oiy emme bodu nurakkalakee @MDN_mv in Dhaulathuge muassasaa thakah verive ganefa oiy minvaru. Qaanoon hadhan meege kithah meehun majlisga eba thibitho? MP aa suvaal kuravvaa. Alhuganduge member @MickailNaseem akee MDN ge membareiytho? @miadhuMV
— Ibrahim Rasheed (@kanduvai) October 8, 2019
ރައްޔިތުންނަށް އޮތް ތްރެޓް އަދިވެސް ކުޑައެއް ނުވޭ. ކުޑަވާން އޮތީ އެމް. ޑީ. އެން ގެ ހުރިހާ މެންމްބަރުން ދައުލަތުގެ ބާރުވެރި މަޤާމްތަކުން ދުރުކޮށްގެން މި ޖަމުޢިންޔާގެ ހުރިހާމެމްބަރުން ގެ ތްރެޓް އެސެސްމަންޓް އެއް ހަދާ ފިޔަވަޅު އެޅިގެން.
ރައްޔިތުން ދަނީ އެމް.ޑީ.އެން ގެ އިސް ފަރާތްތަކާ ސުވާލު ކުރަމުން.
Dhivehi rayyithunnah oiy Threat/Nurakkaa othee MDN kiyaa jamaa athakun noon. Othee e jamaa athuga dhivehin terroristunnah hadhan ulhunu SICK dhivehi baigandeiyge faraathun. Suvaalakee @NooshinWaheed mi report nerumuga evves varakah baiveri vintho? https://t.co/dpYT6lP3o7 pic.twitter.com/iDyy44oToQ
— Ibrahim Rasheed (@kanduvai) October 8, 2019
ސަރުކާރުން މިކަން ކުރާތަނެއް ނުވަތަ ކުރަން އުޅޭތަނެއް އަދިވެސް ނުފެނެ. ކުރާނަން ބުނާ އަޑު ފިޔަވާ އަދި އިތުރު ކަމެއް ނުކުރާކަމީ ބިރުވެރި ކަމާއެކު ފާހަގަ ކުރަންޖެހޭކަމެއް.
@PoliceMv @MNDF_Official ge emmennakee ves Islam dheen himaayaiy koh dhivehi rayyithunnaa qaum dhifaau kodhdheyn HUVAA koggen thibbevi faraaiy thah.
— Ibrahim Rasheed (@kanduvai) October 8, 2019
Qaumee salaamaiy, isthiqlaal, Rayyithunnah bodu nurakkalakah oiy @MDN_mv memebarun mihaaruves baaruveri maqaam thakuga.
Miadhu aharun Ladhu ganey Majlis MPS mi Dhekki vaahakain
— soe zidna ali (@AliZidhna) October 7, 2019
Sarukaaru vattan shey thi govanee Mulhi gaumah tha ? Mee siyaasee kameh kamah hadhaa rayythun loluga adhun alhuvai olhuvaalan noolhey
Goas hama goas
އެމް. ޑީ. އެން ފޮރުވައިދީ އެމީހުން ގެ ލާދީނީ ފިކުރު ފަތުރަން އުޅޭ ސިޔާސީ ފަރާތްތަކާ ވެރިންނަށް ދަންނަވާލަން އޮތީ ދިވެހި ރައްޔިތުން މިފަހަރު ރައްޔިތުންގެ މައްޗަށް އޮތް ތްރެޓް ނައްތާލާނެކަމީ ޔަޤީން ކަމެކެވެ.
Another new day. So far we hv heard a lot of blabbering in twitter by Solih, Imran, & MC Hameed! BT its #AllTalkNoAction. Faalhuga Maai Allah & Rasoola yah hajoo jehyma kurevunu evves kameh nei! #BanMDN #Nooshinbeyrukurey #arrestshahinda
— Iraash Ali (@Iraashali) October 8, 2019
މިކަން ކުރަން ރައްޔިތުންނާ ނުޖައްސާ ތިބޭފުޅުން ކުރައްވައިގެން ތިއްބެވި ހުވައާއި އެއްގޮތަށް ދިވެހި މުޖްތަމާއިން މި ނުރައްކާ ފޮހެލައްވާ. މީ ތިބޭފުޅުންގެ ވާޖިބް.