ތައިލެންޑްގެ ކުންފުންޏެއް ކަމަށްވާ ސެންޓަރާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ގާއިމްކުރާ ފަސްވަނަ ރިޒޯޓުގެ ބިން ހިއްކުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
300 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރާ މިމަސައްކަތުގައި ޖުމްލަ 21 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވެއެވެ. މީގެތެރޭގައި އައްސޭރިފަށް ރައްކާތެރި ކުރުމާއި ބްރޭކްވޯޓާގެ މަސައްކަތް ވެސް ހިމެނެއެވެ.
މި އެއްބަސްވުމުގައި ސެންޓަރާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ތިރަޔުތް ޗިރަތިވަޓް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ.
ސެންޓާރާ އިން މިހާރު ވެސް ދަނީ ރާއްޖޭގައި ދެ ރިސޯޓު ހިންގަމުންނެވެ.