އިންޞާފުން ބޭރުން މީހުން ޖަލަށްލާތީ ކޯޓު ކައިރިއަށް ރައްޔިތުން ދާތީ ކަންބޮޑުވި އަދުރޭ، ރައީސް ޔާމީން ކުށްވެރިވެދާނެކަމަށް މަގުމަތީގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އިންޞާފުން ބޭރުން މީހުން ޖަލަށްލާތީ ކޯޓު ކައިރިއަށް ރައްޔިތުން ދާތީ ކަންބޮޑުވި އަދުރޭ، ރައީސް ޔާމީން ކުށްވެރިވެދާނެކަމަށް މަގުމަތީގަ!

މީގެ އަހަރެއްހައި ދުވަސް ކުރިން ރައްޔިތުން ކޯޓުތައް ކައިރިއަށް އެއްވަމުން ދިއައީ އިންޞާފުން ބޭރުން މީހުން ހިފައި ހައްޔަރުކޮށް ޙުކުމް ކުރުވައި ވާނުވާ ޖަހައި މީހުން ޖަލަށްލަމުން ގެންދާތީއެވެ. ބައްޕަ ދެކެ އައި ރުޅީގައި ދަރިފުޅުވެސް ޖަހައިގަނެގެން ގޮސް ޖަލުގައި ބަންދުކުރުމުންނެވެ. 

އެއިރު ރައްޔިތުން ކޯޓުތައް ކައިރިއަށް އެއްވާތީ އެކަމާއި ރުޅިގަދަވެ އެކަމާއި ދެކޮޅަށް އެންމެ ބާރަށް އަޑު އުފުލައި މިނިވަންކަމާއިއެކު ޝަރީޢަތް ކުރުމަށް ހުރަސް ނުއެޅުމަށް ގޮވަމުން ގެންދިއަ އެކަކީ ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އެވެ. 

މި ޓްވީޓުގައި ފާހަގަކޮށްފައިވާ ފަދައިން މިއަދުގެ ޝަރީޢަތްވެސް ކުރިއަސް ގެންދިއައީ ލައިވްކޮށްގެންނެވެ. ރައީސް ޔާމީން ހުންނެވީ މިނިވަންކަމާއެކުގައެވެ. ކޯޓުގައި ހުންނެވީ ވަކީލުންގެ ބޮޑު ޓީމެއް ގޮވައިގެންނެވެ. އަދި ޙުކުމެއް ކުރާނެކަންވެސް އެނގެނީއެއްވެސް ނޫނެވެ. ނަމަވެސް ޙުކުމެއް ކޮށްފާނެ ކަމަށް ބިރުން އަދުރޭ މިއަދު އެއިނީ މަގު މެދުގައެވެ. 

ޙުކުމެއް ކުރި ނަމަވެސް އަދި ނުކުރި ނަމަވެސް ގ. ދޫވެއްސަސް ޙަރާމް ފައިސާ ވެއްދި ކަމަށާއި އެ ޙަރާމް ފައިސާއިން ރައީސް ޔާމީން ބޭނުންފުޅުވި ޚަރަދުތައް ކުރެއްވި ކަމަށް ރައީސް ޔާމީން ވަނީ ރައްޔިތުންގެ ކުރިމަތީގައި އިއްތިރާފެވެވަޑައިގެންފައެވެ. 

މިއަދު އޮންލައިން