މާދަމާއިން ފެށިގެން ފިޔާ ކިލޯއެއް ތިރީސް ރުފިޔާއަށް އެސްޓީއޯ އިން ވިއްކަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
މާދަމާއިން ފެށިގެން ފިޔާ ކިލޯއެއް ތިރީސް ރުފިޔާއަށް އެސްޓީއޯ އިން ވިއްކަނީ!

ބާޒާރުގައި ފިޔާގެ އަގުބޮޑުވެފައިވާ މައްސަލައަށް ހައްލެއް ގެނައުމަށް އެސްޓީއޯއިން ވައިގެ މަގުން ފިޔާ ޝިޕްމަންޓެއް ގެނެސް މާދަމާއިން ފެށިގެން ކޮންޓްރޯލް އަގެއްގައި، ފިޔާ ކިލޯއެއް 30 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

އިންޑިއާއިން ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިކަމެއް ނާންނާނެކަމަށް ސަރުކާރުން ވަނީ ބުނެފައިވާއިރު އަދި މިހާރު އިންޑިއާއިން ރާއްޖެއަށް މުދާ އެކްސްޕޯޓުކުރުމުގައި މައްސަލައެއް ދިމާވެފައިވާނަމަ އެކަން ހައްލުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި މައްސަލަ ހައްލުކުރެވެންދެން ކޮންޓްރޯލްޑް އަގެއްގައި ރައްޔިތުންނަށް ފިޔާ ފޯރުކޮށްދޭނެކަމަށް އެސްޓީއޯއިން ވަނި ބުނެފައެވެ.

ބާޒާރުގައި ފިޔާާ ކިލޯއެއްގެ އަގު މިއަދު އުޅެނީ 50 ރުފިޔާ އާއި 60 ރުފިޔާ އާއި ދޭތެރޭގައެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު ވަނީ 1000 ރުފިޔާއަށް ވުރެ މަތީގައެވެ.

 

މިއަދު އޮންލައިން