އާދީއްތަ ދުވަހުން ފެށިގެން ކޮންޓްރޯލެއް ނެތި ހެޔޮ އަގުގައި ފިޔާ ލިބޭނެ: އެސްޓީއޯ

ކިޔުމަށް ހޭދަވާނީ 1މ 14ސ
އާދީއްތަ ދުވަހުން ފެށިގެން ކޮންޓްރޯލެއް ނެތި ހެޔޮ އަގުގައި ފިޔާ ލިބޭނެ: އެސްޓީއޯ

އާދީއްތަ ދުވަހުން ފެށިގެން ކޮންޓްރޯލްކުރުމެތި ހެޔޮ އަގެއްގައި ފިޔާ ވިއްކަން ފަށާނެކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯގެ މިޑިއާ ކޯޑިނޭޓަރ އަބްދުﷲ މުހައްމަދު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންނަ ހުކުރު ދުވަހު ފިޔާގެ ޝިޕްމަންޓެއް ރާއްޖެއަށް ގެންނާނެކަމަށާއި އާދީއްތަ ދުވަހުން ފެށިގެން ހެޔޮ އަގެއްގައި ކޮންޓްރޯލެއް ނެތި ފިޔާ ވިއްކަމުންދާނެކަމަށެވެ.

އެސްޓީއޯއިން މިހާރު ފިޔާ ވިއްކަމުންދަނީ ކޮންމެ ކަސްޓަމަރަކަށް އެއް ކިލޯގެ މަގުން 30 ރުފިޔާއަށް ކިލޯއެކެވެ. މިއީ މިދިޔަ ހަފްތާގައި އެސްޓީއޯއިން ވައިގެ މަގުން ގެނައި ފިޔާ ޝިޕްމަންޓެކެވެ.

އިންޑިއާއިން ފިޔާ ބޭރުކުރުން ހުއްޓާލާފައިވަނީ އެޤައުމަށް ކުރި ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން، ފިޔާ ނުލިބެން ފެށުމުންނެވެ. އަދި މި މައްސަލަ ހައްލުކުރުމަށް އިންޑިއާއިން ފިޔާ ބޭރުކުރުން މަޑުޖައްސާލާފައި ވީނަމަވެސް، މި ފިޔަވަޅުގެ ދަށުން ރާއްޖެއަށް ފިޔާ އެކްސްޕޯޓުކުރުން އެއްވެސް އިރެއްގައި ހުއްޓާލައިފައި ނުވާކަމަށް އިންޑިއާއިން ބުނެއެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ރާއްޖެއަށް ފިޔާ ލިބޭނެގޮތް ހަމަޖައްސާފައިވާ ކަމަށްވެސް އިންޑިޔާ އެމްބަސީން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން އާދީއްތަ ދުވަހު ހެޔޮ އަގުގައި ފިޔާ ވިއްކަން ފެށުމާއެކު މިމައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

މިއަދު އޮންލައިން